ވޯލްޑް ކަޕް މެޗުތަކުގެ ސްކޯ ދިމާކޮށްގެން ޕިއްޒާ ބޯނާއިން ހާއްސަ އިނާމުތަކެއް!

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު މަގުބޫލު ޕިއްޒާ ބްރޭންޑް "ޕިއްޒާ ބޯނާ" އިން ހުޅުވާލައިފިއެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ޕިއްޒާ ބޯނާއިން ވަނީ ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްފަ އެވެ. މި ވެބްސައިޓް މެދުވެރިކޮށް ކޮންމެ މީހަކަށްވެސް ވޯލްޑް ކަޕްގެ މެޗުތައް ނިމޭނެ ކަމަށް ލަފާކުރާ ސްކޯ ދިމާކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ޕިއްޒާ ބޯނާއިން ބުނިގޮތުގައި، ރަނގަޅު ނަތީޖާ ދިމާކުރާ ފަރާތްތަކަށް ތިން ގިންތިއަކުން އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ދުވަހަކު ހޮވާ ޑެއިލީ ޕިއްޒާ ވިނާސް އާއި، ކޮންމެ ހަފުތާއަކު ހޮވާ ވީކްލީ ޕާޓީ ޕިއްޒާ ވިނާސްގެ އިތުރުން މުބާރާތް ނިމުމުން ހޮވާ "ގްރޭންޑް ޕްރައިޒް" ޗެމްޕިއަންސް އެވެ.
މުޅި މުބާރާތް ނިމޭއިރު ލީޑަރުބޯޑުގެ އެންމެ ކުރި ހޯދާ ތިން ފަރާތަކަށް ޕިއްޒާ ބޯނާއިން ވަނީ އަގުހުރި އިނާމުތަކެއް ކަނޑައަޅާފައެވެ. އެއީ:
މި ހަރަކާތަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުރިއަށްގެންދާ، އެއްވެސް ކަހަލަ ބެޓިން ނުހިމެނޭ ހަރަކާތެކެވެ. މިއީ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ، މުޅިން ހިލޭ ބައިވެރިވެވޭ ގޭމެކެވެ.
ފޭކް އެކައުންޓްތައް، ޑުޕްލިކޭޓް އެންޓްރީތައް ނުވަތަ ބޮޓްސް ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދަން އުޅޭ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ. އިނާމު ހޯދުމަށް ސައްހަ މައުލޫމާތު ހުށަހަޅަންޖެހޭއިރު، އިނާމުތައް އެހެން މީހެއްގެ ނަމަށް ބަދަލެއް ނުކުރެވޭނެއެވެ. އަދި އިނާމަށް ފައިސާގެ ބަދަލެއް ނުލިބޭނެއެވެ. ވައުޗާ އިނާމުތައް ބޭނުންކުރެވޭނީ އޭގެ މުއްދަތު ހަމވުމުގެ ކުރިންނެވެ. ބަލައިނުގަނެ ގިނަދުވަސްވާ އިނާމުތައް ކެންސަލް ކުރުމުގެ އިހުތިޔާރު އޮގަނައިޒަރަށް ލިބިގެންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ