އެފްއޭއެމް އެވޯޑްސް ކޮމިޓީގެ ޗެއާޕާސަނަކަށް މާއްޓޭ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 2025/2026 ވަނަ ސީޒަނުގެ ފުޓްބޯޅަ ކަލަންޑަރުގައި ހިމެނޭ މުބާރާތްތަކުން އެފްއޭއެމް އެވޯޑްސް ދިނުމަށް ނިންމާ އެވޯޑް ކޮމިޓީގެ ޗެއާޕާސަނަކަށް މައުރޫފު އަހްމަދު (މާއްޓޭ) ހަމަޖައްސައިފިއެވެ. މީގެއިތުރުން ޑެޕިއުޓީ ޗެއާޕާސަނަކަށް އަބްދުލް ހަމީދު އަބްދުލް ޤަފޫރު (އައްޑޯ) ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ކޮމިޓީގައި ހިމެނެނީ ހަވީރު އެވޯޑްސް ކޮމިޓީގެ މެންބަރު މުހައްމަދު ޝަހީބާއި، ކުރީގެ ރެފްރީ އަދި ސީނިއާ ގައުމީ ޓީމުގެ ކުރީގެ ކޯޗު އަހުމަދު އަބީރު އިސްމާއިލެވެ. އެންމެފަހުން ރާއްޖޭގައި ފުޓުބޯޅަ އެވޯޑެއް ދިނީ 2018 ގައެވެ. އެއީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް ފުޓްބޯލް އާއި އެފްއޭއެމް ގުޅިގެން ދިން އެވޯޑެކެވެ. އެވޯޑް ދޭ ކެޓަގަރީތައް ރާއްޖޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ (ގަދަ ތިން ކުޅުންތެރިން) ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އެންމެ މޮޅު ގޯލްކީޕަރު 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އެންމެ މޮޅު ބިދެސީ ކުޅުންތެރިޔާ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އެންމެ މޮޅު ކޯޗު އެންމެ މޮޅު ގޯލް އެންމެ މޮޅު ކްލަބް އެންމެ މޮޅު ރެފްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ