ދިރާގު އައިފޯނު ޕްރީއޯޑަރު ކުރި ކަސްޓަމަރުންނާ ފޯނުތައް ހަވާލުކޮށްފި

ދިރާގު މެދުވެރިކޮށް އައިފޯން 17 ސީރީޒްގެ ފޯނުތަކަށް އޯޑަރު ކުރި ކަސްޓަމަރުންނާ އެ ފޯނުތައް ހަވާލުކޮށްފި އެވެ.ދިރާގުން އައިފޯން 17 ސީރީޒްގައި ހިމެނޭ އައިފޯން 17 ޕްރޯ އާއި އައިފޯން 17 ޕްރޯމެކްސް ޕްރީ-އޯޑާކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކުރީ ދިރާގު ހެޑް އޮފީހުގަ އެވެ.އައިފޯން 17 ޕްރީ-އޯޑާކުރަން ސެޕްޓެމްބަރު 18، ގެ ރޭގަނޑު 12:01 އިން ފެށިގެން ދިރާގުން ހުޅުވާލުމާއެކު މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭރު އައިފޯން 17 ޕްރޯ ވަނީ ހުސްވެފައި ކަމަށް އެ ކުންފުނިން ބުންޏެވެ.ނަމަވެސް ދިރާގުން އަދިވެސް އައިފޯން 17 ސީރީޒްގެ ފޯނުތައް ޕްރީ-އޯޑާ ކުރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.އެޕަލްއިން މި ފަހަރު ނެރުނު ފޯނު ސީރީޒްގައި އެންމެ ތުނި ފޯނާއި އެންމެ ވަރުގަދަ ފޯނު ހިމެނެ އެވެ. މިހާތަނަށް ނެރުނު އެންމެ ވަރުގަދަ ފޯނަކީ އެޕަލް 17 ޕްރޯ އެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ބެޓެރީއާ އެކު ހެދި އައިފޯނެވެ. އަދި އެންމެ ބާރުގަދަ އައިފޯނެވެ. މީގެ ތިން ކެމެރާއަކީ 48 މެގަޕިކްސެލްގެ ކެމެރާ އެވެ. މިއީ މިހާތަނަށް އޮޕްޓިކަލް ޒޫމް އެންމެ ވަރުގަދަ ފޯނު ކެމެރާ އެވެ. އަދި ކުރީގެ ފޯނުތަކަށް ވުރެ އެތައް ގުނައެއް ވަނީ ވަރުގަދަ ވެސް ކޮށްފަ އެވެ.އައިފޯން 17ގެ ފޯނުތަކުގައި ވީޑިއޯގެ ފެންވަރު ވެސް އިތުރަށް ވަނީ ވަރުގަދަ ކޮށްފަ އެވެ. ދިރާގުން ކޮންމެ އަހަރަކު ވެސް އެޕަލްގެ އެންމެ ފަހު ފޯނުތައް ކަސްޓަމަރުންނަށް ގެނެސްދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ