ވޭތުވެދިޔަ ދުވަސްތަކުގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތަކާއި ވައްކަންތަކުގެ ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ގަނޫނެއް ތައާރަފްކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ތ. ތިމަރަފުށި ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފްކުރަނީ މިދިޔަ ދުވަސްތަކުގައި ހިންގާފައިވާ އެމްއެމްޕީއާރްސީ ފަދަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ފައިސާ ހޯދޭނެ ގޮތެއް މިހާރު އޮތް ނިޒާމުގެ ތެރޭގައި ނެތުމުން އެ ފައިސާ ހޯދޭނެ މަގު ފަހިކުރުމަށް ކަމަށެވެ.
"މިދިޔަ ދުވަސްތަކުގައި ހިންގާފައި ހުރި ބޮޑެތި ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް. އެމްއެމްޕީއާރްސީ ހާއްސަކޮށް. މިކަންކަން ބަލައި ނިމޭއިރުގައި މިއިން އެއްވެސް ފަރާތެއް ދައްކަން އޮތް އެއްޗެއް ހޯދޭ ގޮތެއް ނުވޭ. މިހާރު އޮތް ނިޒާމުގެ ތެރެއިން ނުހޯދޭ،" މުއިއްޒު ވިދާޅުވި އެވެ.
"ކޮންމެވެސް ކަހަލަ ގޮތަކުން އެފަރާތްތަކުން އެފަރާތްތަކަށް އެބަ ލިބޭ މިކަންކަމުން މަޑުޖައްސާލަން. އެހެންވީމަ އަޅުގަނޑުމެން މި ހުށަހަޅަނީ އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފް ކުރުމަށްޓަކައި ބިލެއް. މި ބިލު މަޖިލީހުން ނިންމަދީ ތަސްދީގުކުރަން ފޮނުވާ ދުވަހު ހަމަ އަޅުގަނޑު ތަސްދީގުކުރާނަން."
މުއިއްޒު ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނު ތަންފީޒުކުރަން ފެށުމުން ބޮޑެތި ވައްކަން ކޮށްފައި ތިބި ހުރިހާ އެންމެންގެ ފަހަތުން ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނެ ކަމަށެވެ.
އޭގެއިތުރުން މޯލްޑިވްސް 2.0 ގެ ޑިޖިޓަލައިޒޭޝަންގެ ބިޔަ މަޝްރޫއުގެ ދަށުން ސަރުކާރާއި ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަންގެ ނުބައި ވަބާ ނައްތާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ޑިޖިޓަލައިޒްކުރެވުމުން ނިޒާމުގައި ސިސްޓަމްތައް ގާއިމުވެ ދެފުށް ފެންނާނެ ކަމަށާއި ކުރެވޭ ކަންކަން ޓްރޭސް ކުރެވުމުން އިތުރުން ހުރިހާ ކަމެއް ރޯކޯޑު ކުރެވޭނެ ކަމަށެވެ.
ކޮރަޕްޝަންއާ ގުޅޭ ވާހަކަތައް މުއިއްޒު މިރޭ ދެއްކެވީ މިދިޔަ ސަރުކާރުގައި ފެނަކައިގައި ހިންގާފައިވާ ވައްކަންތައް އޮޑިޓް ރިޕޯޓުން ފަޅާ އަރާފައިވާ ދަނޑިވަޅެއްގަ އެވެ.
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ