ރާއްޖެ އދ.ގެ ޖީޖީއައިއެމްއޭޕީގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ޖިއޯމެޓިކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް، މުހައްމަދު ޝާފީ، އދ.ގެ ކޮމިޓީ އޮފް އެކްސްޕާޓްސް އޮން ގްލޯބަލް ޖިއޯސްޕޭޝަލް އިންފޮމޭޝަމް މެނޭޖްމަންޓް ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޖީޖީއައިއެމްއޭޕީ) ގެ އެގްޒެކެޓިވް ބޯޑުގެ 2025-2028 ވަނަ ދައުރަށް ހޮވިއްޖެއެވެ. ޝާފީ ހޮވިވަޑައިގެންފަައިވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ. އަދި މި ގޮނޑި ހޯއްދެވީ އާމީނިއާ، އޮސްޓްރޭލިއާ، ފިޖީ، އީރާން، ޖަޕާން، މެލޭޝިއާ، މޮންގޯލިއާ، ޕާކިސްތާން، ރަޝިއާ އަދި ޓޮންގާގެ މަންދޫބުންނާ އެކު ވާދަކުރައްވައެވެ. މިއީ ރާއްޖެއިން އދ.ގެ ޖީޖީއައިއެމްއޭޕީ އެގްޒެކްޓެކިވް ބޯޑުގެ މެމްބަރުކަން އަދާކުރާނެ ފުރަތަމަ ފަހަރެވެ. މިއާއެކު ދިވެހިރާއްޖެއިން މި ކޮމިޓީގައި ޖިއޯސްޕޭޝަލް ދާއިރާއިން ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުމަށް އިސްދައުރެއް އަދާކުރާނެއެވެ. އދ.ގެ ޖީޖީއައިއެމްއޭޕީގެ އެގްޒެކްޓެކިވް ބޯޑުގައި، ދެ ކޯޗެއާ އަދި ތިން ވައިސްޗެއާ، ހިމެނޭހެން މުޅިއެކު 15 މެމްބަރުން ހިމެނޭނެއެވެ. މި ކޮމިޓީގެ މަސައްކަތްތައް ހިންގައި ރޭވުމުގައި އެގްޒެކްޓެކިވް ބޯޑުން އިސް ދައުރެއް އަދާކުރެއެވެ. އދ ގެ ޖީޖީއައިއެމްއޭޕީ އަކީ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގައި ޖިއޯސްޕޭޝަލް މަޢުލޫމާތު ތަރައްޤީކޮށް ބެލެހެއްޓުމުގައި އިސްދައުރެއް އަދާކޮށް، ވިލަރެސްކޮށް އަދި އެހީތެރިވެދޭ ސަރަޙައްދީ ޖަމިއްޔާއެކެވެ. ޖުމްލަ 56 ގައުމުގެ ހިމެނޭ މި ޖަމިއްޔާއަކީ އދ.ގެ ޖީޖީއައިއެމްގެ އޮނިގަނޑުގެ ދަށުން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަމުންދާ ޖަމިއްޔާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ