ޓިކްޓޮކް ފޭޒް ހަޑިހުތުރު ބަހުން ޒުވާބުކޮށް މާރާމާރީ ހިންގައިގެން ހައްޔަރު ކޮށްފި

ހަޑިހުތުރު ބަހުން ޒުވާބުކޮށް މާރާމާރީ ހިންގައިގެން ދިވެހި އަންހެނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:38 ހާއިރު ގދ، ތިނަދޫ ގައި މީހަކު ހުއްދަ ނެތި ގެއަކަށް ވަދެ އެގޭގައި ކުޑަކުދީންތަކެއް ތިއްބާ ހަޑި ހުތުރު ބަހުން ޒުވާބުކޮށް މާރާަމާރީ ހިންގައި އިންޒާރު ދީފައިވާ މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ތިނަދޫ ފޫޓްލައިޓް އާގެ އައިމިނަތު ފޭޒްލީން (49އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. މިއަދު މެންދުރު އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
މި މީހާ އަކީ ޓިކްޓޮކްގައި ވަރަށް އެކްޓިވް މީހެކެވެ. އޭނާގެ ލައިވްތަކުގައި ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި ފާހިޝް ވާހަކަތައް ދައްކާ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ