ޝައިޠޯނާ ކިތަންމެ ބޭނުންވިޔަސް ތިބާއާ ގާތްވެސް ނުވެވޭނެ މީހަކަށް ވެވިދާނެ ޢަމަލު-

އަހުރެން މިދެނީ ވަރަށް ހެޔޮ ނަޞޭހަތެކެވެ. ޢަމަލުކޮށްފިމީހަކަށް އެކަމުން ފައިދާކުރާނެ ޏަޞީޙަތެކެވެ. 
ފުރަތަމަ ކަމަކަށްވެސް ކިތަންމެ ގާތް އެކުވެރިއެއްގެ ނަމަވެސް އަދި ޢާއިލާގެ މީހެއްގެ ނަމަވެސް އޭނާގެ އަމިއްލަ ޒާތީ ކަންކަމާއި ނުބެހޭށެވެ. އެކަންކަން އޮޅުންފިލުވަން މަސައްކަތް ނުކުރާށެވެ. ތިބާ ގާތުގައި އެކަމެއްގެ ވާހަކަ ނުބުނެ އޮންނާނީ ބުނަން ބޭނުން ނުވާތީއެވެ. ނުވަތަ ބުނުމުގެ ވަޤުތު ނުޖެހޭތީއެވެ. 
އަމިއްލަ ނަފްސާއިމެދު ވިސްނައިލާށެވެ! ކިތައް ކަންތައް ސިއްރުކުރަން ހެއްޔެވެ؟ އެއްބައެއްގެ ގާތުގައި ބުނެފައި އަނެއް ބައެއްގެ ގާތުގައި ނުބުނެ ހުންނަން ހެއްޔެވެ؟ އެހެން މީހުންނާއިމެދުވެސް ހަމަ އެގޮތަށް ވިސްނާށެވެ! އަދި ހަމައެގޮތަށް ކަންތައްކުރާށެވެ. 
ދުނިޔޭގައި އުޅެން މިލިބެނީ ވަރަށް މަދު ދުވަސްކޮޅެކެވެ. އެހެން މީހުންގެ ޒާތީ ކަންކަން އޮޅުންފިކުވައި އެކަންކަމުގެ ވާހަކަ ދައްކަން ވަޤުތު ނަގައިނުލާށެވެ. އާޚިރަތް ދުވަހު ތިމާއަށް އެކަމަކުން ފައިދާކުރާނެ ކޮންމެވެސް ހެޔޮ ޢަމަލެއް ކުރެވޭތޯ މަސައްކަތްކުރާށެވެ. 
ދީނުގެ ކަންކަމުގެ ތެރެއިންވެސް ފުރަތަމަ ކަމަކަށް އަޅުކަން އުނގެނެން މަސައްކަތްކުރާށެވެ. އުނގެނޭ އަޅުކަންކުރަން މަސައްކަތްކުރާށެވެ. ދެން ލިބޭ ވަޤުތުތަކުގައި އެހެންކަންކަން އުނގެނެން މަސައްކަތްކުރާށެވެ. އެހެނީ އާޚިރަތް ދުވަހު ފައިދާކުރާނީ ތިމާއަށް ކުރެވުނު ހެޔޮ ޢަމަލަކުންނެވެ.  
ހުސްވަޤުތެއް ލިބިއްޖެނަމަ އެންމެ ކުޑަމިނުން ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން މަސައްކަތްކުރާށެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރުމަކީ ޝައިޠޯނާ ދުރުކުރުވާ ކަމެކެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކޮށްފި މީހަކާ ޝައިޠޯނާއަށް ކައިރިވެސް ނުވެވޭނެއެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ