އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު ޕީޕީއެމަށް ސޮއިކުރަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދަޢުރަށް މެމްބަރު ފަލާޙު އިނގުރައިދޫ ދާއިރާއަށް އިންތިޚާބުވީވެސް ޕީޕީއެމްގެ ޓިކެޓެއްގައެވެ. ނަމަވެސް އޭގެ ފަހުން ފަލާޙު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށް ޤާސިމް އިބްރާހިމްގެ ފަހަތްޕުޅުގައި ގިނަ މަސައްކަތްތަކެއްވެސް ކުރެއްވިއެވެ.
މިކަމާއި ގުޅޭގޮތުން "އަސްލު" ނޫހަށް މަޢުލޫމާތު ދެއްވަމުން ފަލާހް ވިދާޅުވީ، ޑރ މުޢިއްޒަށް މި އިންތިހާބުގައި ތާޢީދު ކުރުމުގެ ގޮތުން، އަދި ރައީސް ޔާމީން މިނިވަން ކުރުމުގެ ގޮތުން ޕީޕީއެމަށް ސޮއިކުރަން ނިންމީ ކަށެވެ. ފަލާހު ސޮއިކުރުމަށް ހަމަޖެހިފައިވަނީ މިރެއެވެ. ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަންވެސް ކުރައްވާފައިވާ ފަލާޙު މިއަދާހަމައަށް އައިއިރު ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިއަދު ދޮރުން ދޮރަށް ހިންގެވުމުގެ ކެމްޕޭން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި ކުރިއަށް ގެންދަވާނެ ކަމަށް ޕީޕީއެމް އިން މިއަދު ވަނީ ބުނެފައެވެ.
ޕީޕީއެމް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މިއަދު ހަވީރު 16:15 ގައި ކެންޑިޑޭޓް މުއިއްޒު އާއި އޭނާގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ފައްޓަވާނެ ކަމަށެވެ. މިހަރަކާތުގައި ދެޕާޓީގެ ލީޑާޝިޕުން ވެސް ބައިވެރިވާނެ ކަމަށް ޕީޕީއެމް އިން ބުނެއެވެ.
މިހާރު މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ހުންނެވި މުއިއްޒު ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ސަރުކާރާއި އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރައްވާފައެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުން ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނިކުންނަވާ ކެމްޕޭން ފެއްޓެވީ މީގެ ދެދުވަސް ކުރިންނެވެ. މުއިއްޒު ގެންދަވަނީ އެކި ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލު ކުރައްވާ ކެމްޕޭން ކުރިއަށް ގެންދަވަމުންނެވެ.
ކުރީގެ މެމްބަރު ފަލާހު ޕީޕީއެމަށް ސޮއިކުރަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ