ލަފާފުރުމުގެ ބޭނުމަށް ބޮޑުތަކުރުފާނުމަގު ޕޯސްޓު އޮފީހާއި ބާސެލޯސް ނަސަންދުރަ ހޮޓެލް އާއި ދެމެދުގައިވާ ސަރަހައްދު ވަގުތީގޮތުން ހުޅުވާލައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ޖެޓީ ސަރަހައްދު ލަފާފުރުމަށް ހުޅުވާލި ނަމަވެސް، އެ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގަކީ އަދިވެސް އަމަލީ މަސައްކަތް ހިނގަމުންދާ ތަނަކަށްވާތީ، އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށް އެ މަގު އަދި ހުޅުވައެއް ނުލައެވެ. އެހެންކަމުން، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން ރައްކާތެރިވުމަށާއި، މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ މުވައްޒަފުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތްކުރަމުންދާ ސަރަހައްދުގެ މަސައްކަތް މި ޖޫންމަހުގެ ނިޔަލަށް ނިންމާލުމަށް އެމްޓީސީސީ އިން ދަނީ މަސައްކަތްކުރަމުންނެވެ.
ލަފާފުރުމުގެ ބޭނުމަށް ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ބައެއް ވަގުތީގޮތުން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ