ސުޕްރީމް ކޯޓުގެ ހުކުމާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް

މ. ވޭވަށު ކައުންސިލަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި ވޯޓާ ގުޅިގެން ހައި ކޯޓުން ކުރި ހުކުމް ބާތިލު ކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކުރުމާއެކު އެ ގޮނޑި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ކަށަވަރުވެއްޖެ އެވެ. 
އުންސިލް އިންތިހާބުގެ ނަތީޖާ ދާއްކާ ގޮތުން އެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު އަހުޝަން ނައީމެވެ. އިންތިހާބުގެ ނަތީޖާއާ ގުޅޭ މައްސަލައެއް ހައި ކޯޓަށް ހުށަހެޅީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު މުހައްމަދު ނަޒީހު އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އަހުޝަންއަށް 121 ވޯޓު ލިބުނުއިރު ނަޒީހުއަށް ލިބުނީ 119 ވޯޓެވެ. ނަޒީހުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެދުނީ ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާސް ބާތިލުކޮށްދިނުަށެވެ.
އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމާއެކު އެ ގޮނޑި އެއް ވޯޓުގެ ފަރަގުން ޕީއެންސީއަށް ލިބުނެވެ. ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ އަހުޝަންގެ ފަރާތުންނެވެ. 
ސުޕްރީމް ކޯޓުން
މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަބްދުالله ހަމީދު އެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ. ފަނޑިޔާރު ހަމީދުގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ތާއިދު ކުރެއްވި އެވެ. 
ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން ހިނގައިދިޔަ ހަރަދު ނަގައިދިނުމަށް ދެ ފަރާތުން ވެސް ކޯޓުގައި އެދުނު ނަމަވެސް ޝަރީއަތުގެ ހަރަދު އަނބުރާ ނަގައިދެވެން ނެތް ކަމަށް ކޯޓުން ހުކުމް ކުރި އެވެ. އަހުޝަންއަށް ބަދަލު ނުހޯދުނީ ހަރަދުގެ ތަފްސީލު ލިޔެކިޔުން ހުށަހަޅާފައި ނެތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ