ޖަލަށްލި ނޫސްވެރިޔާ ލީވާންއަށް އެމްއެންޔޫ ޑީންސް އެވޯޑް ލިބިއްޖެ

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުުކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު އަނގަ ބަންދު އަމުރު، ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި މިދިޔަ މަހު ޖަލަށްލި ނޫސްވެރިޔާ ލީވާން އަލީ ނާސިރަށް ގައުމީ ޔުނިވާސިޓީ (އެމްންޔޫ)ގެ ޑީންސް އެވޯޑް މިއަދު ލިބިޖެއް އެވެ.
ވީ ކިހިނެއް؟ - 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާންއަކީ އެމްއެންޔޫގެ ބެޗްލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން ކޯހުގެ ދަރިވަރެކެވެ.  މިއަދު އެމްއެންޔޫ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އޭނާއާ ޑީންސް އެވޯޑް ވަނީ ހަވާލުކޮށްފަ އެވެ.
ތަފްސީލު - އެ ރަސްމިއްޔާތުގައި ލީވާންއާ މި އެވޯޑް ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ އެވެ. 
މި އެވޯޑަކީ، ކޮންމެ ކޯހަކުން އެ ސެމިސްޓާއެއްގައި އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށް ދޭ އެވޯޑެވެެ. އެގޮތުން:
ލީވާންއަށް މި އެވޯޑް ލިބިފައި ވަނީ މިދިޔަ އަހަރު ނިންމި އޭނާގެ ކޯހުގެ ދެވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާއިން މަތީ މާކްސް ހޯދައިގެން
ލީވާންއާއެކު އެހެން ބައެއް ދަރިވަރުންނަށް ވެސް މި އެވޯޑް މިއަދު ލިބިފައިވޭ
"ވަރަށް އުފާވެރި ކާމިޔާބެއް މިއީ. ނޫސްވެރިކަމުގައި ބުރަކޮށް އުޅެމުން ވެސް ކުރި ހިތްވަރުގެ ނަތީޖާ މިއީ،" ލިބުނު ކާމިޔާބާ ގުޅޭ ގޮތުން ލީވާން މިއަދު 'ދައުރު'އަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ