މަރުވި ޕޮލިސް އޮފިސަރުގެ ހަށިގަނޑު ހޯދުމަށް އެހީތެރިވި ޑައިވަރުންނަށް ސީޕީއާއި މިނިސްޓަރުގެ ޝުކުރު

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް މިއަދު މަރުވި ޕޮލިސް އޮފިސަރު ހޯދައި، ހަށިގަނޑު މޫދުން ނެެގުމުގައި ހަރަކާތްތެރިވި ޑައިވަރުންނަށް ޕޮލިސް ކޮމިޝަނަރު އަޙުމަދު މުޙައްމަދާއި ހޯމް މިނިސްޓަރު އަލީ އިހުސާން ޝުކުރު އަދާކުރައްވައިފިއެވެ. ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރި ވަނިކޮށް, ގެއްލިގެން ހޯދަމުން ދަނިކޮށް, މޫދު އަޑީގައި މަރުވެފައި އޮއްވާ ރޭ ފެނުނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއާ ސާޖަންޓް އަޙްމަދު އާސިފެވެ. ފުލުހުން މިއަދު ހެނދުނު ބުނީ، ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށެވެ. https://sun.mv/223174 މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށާއި އޭނާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ފެނިފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ. އަދި، އޭނާގެ ހަށިގަނޑު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ. ޕޮލިސް ލޯންޗެއް: މަރުވި ޕޮލިސް އޮފިސަރުގެ ހަށިގަނޑު ހޯދުމުގައި އެހީތެރިވި ޑައިވަރުންނަށް ސީޕީއާއި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައި --- ފޮޓޯ/ ފުލުހުން އޭގެފަހުން ފުލުހުން ވަނީ، އާސިފްގެ ހަށިގަނޑު މޫދު އަޑިން ނެގުމުގައި ހަރަކާތްތެރިވި ޑައިވަރުންގެ ވަނަވަރު ފޮޓޯއާއެކު، ހާމަކޮށްފައެވެ. އެއީ، ކ. ގާފަރު ބްލޫހެވަންއަށް ނިސްބަތްވާ އަހުމަދު ފައިސަލާއި އއ. އުކުޅަސް، މީރާޒް، ޞައްދާމު އަޙުމަދެވެ. އެއީ އާއްމު ދެ މީހުންނެވެ. ފުލުހުން ބުނީ، ގެއްލުނު ޕޮލިސް އޮފިސަރު ހޯދައި، ހަށިގަނޑު މޫދުން ނެގުމުގައި އެ ޑައިވަރުން މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. އެހެންވެ، ސީޕީއާއި މިނިސްޓަރު އިހުސާން އެ މީހުންނަށް ވަކިވަކިން ގުޅުއްވާފައިވާ ކަމަށާއި އަމިއްލައަށް އިސްނަގައިގެން އެ ކަމުގައި އެހީތެރިވެދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ، ދިމާވާ ހާދިސާތަކުގައި ދިވެހި މުޖުތަމައުން ފެންނަ އެއްބައެއްވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ނަމޫނާއެއްކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ. https://sun.mv/223188 މީގެ އިތުރުން، މި އޮޕަރޭޝަނުގައި ޑައިވަރުން ފޯރުކޮށްދިން އެހީތެރިކަމަކީ ވަރަށް އަގުހުރި މަސައްކަތެއްކަން ފާހަގަކުރައްވައި ސީޕީއާއި މިނިސްޓަރު ވަނީ، ކުއްލި ހާލަތްތަކުގައި ސަލާމަތީ ޚިދުމަތްތަކާއި އާންމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ފާހަގަކުރެވޭ ގޮތުގައި، މަރުވި އާސިފްގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާއަށް މިއަދު ވަނީ މަގާމުގެ ކުރިއެރުން ވެސް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ