ސަންދާނު އަޙައްމައިދީއަކީ ސިޔާސީ އިސްލާޙީ ހިދުމަތްތެރިއެއް: ގާސިމް އިބްރާހީމް

ސަންދާނު އަޙައްމައިދީއަކީ ސިޔާސީ އިސްލާޙީ ހިދުމަތްތެރިއެއް ކަމަަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ބުރަ މަސައްކަތްތަކެއް ކުރެއްވި އިބްރާހިމް ދީދީ (ސަންދާން އަހައްމައިދީ) ނިޔާވުމުން ފޮނުއްވި ތައުޒިޔާގެ މެސެޖެއްގައެވެ.
އެމަނިކުފާނުގެ ތައުޒިޔާގެ މެސެޖުގައި ވަނީ ސިޔާސީ އިސްލާޙީ މަސައްކަތުގައި ނުހަނު ބުރަ މަސައްކަތްތަކެެއް ކުރެއްވި ސަންދާނު އަޙައްމައިދީ ނިޔާވި ޚަބަރު އެއްސެވީ ފުންހިތާމައެކުގައިކަން ފާހަގަކުރައްވައި އަޙްމަދުދީދީގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.
އަދި އެ މަރުޙޫމުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން ދުއާ ދަންނަވާފައިވެއެވެ.
ސަންދާން އަހައްމައިދީ ނިޔާވީ އާލާސްކަން ފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުން ރޭ މެންދަމުގެ ވަގުތެއްގައެވެ. އުމުރުފުޅުން 72 އަހަރުގައި އަހައްމައިދީ ނިޔާވިއިރު މީގެ އަހަރުތަކެއް ކުރިން ވަނީ ހިތުގެ ސީރިއަސް އޮޕަރޭޝަނެއް ކުރައްވާފައެވެ.
އަހައްމައިދީއަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ވަކާލާތުކޮށް ރައްޔިތުންގެ ހައްގުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
އަހައްމައިދީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މަޣްރިބް ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ