އޮސްޓްރޭލިޔާއިން ބައިކޮޅަށް ޖެހި ލަނޑާއެކު އެމެރިކާ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް

މިރޭގެ މެޗަކީ ވަރަށް ހަރުކަށި ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ. މިއީ މި ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ކާޑު ދެއްކި މެޗުގެ ގޮތުގައި ވަނީ ރެކޯޑު ކުރެވިފައެވެ. މުޅި މެޗުގައި ޖުމްލަ 7 ރީނދޫ ކާޑު ފެނިގެންދިޔައިރު، އޭގެ ތެރެއިން 4 ކާޑު އޮސްޓްރޭލިޔާގެ ކުޅުންތެރިންނަށް އަދި 3 ކާޑު އެމެރިކާގެ ކުޅުންތެރިންނަށް ވަނީ ދައްކާފައެވެ.
އެމެރިކާ ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި 4-1 އިން ޕެރެގުއޭ ބަލިކޮށްފައެވެ. އަދި އޮސްޓްރޭލިޔާ ވަނީ މި މަހުގެ 14 ވަނަ ދުވަހު ކުޅުނު މެޗުގައި 2-0 އިން ތުރުކީ ބަލިކޮށްފައެވެ. މި ގްރޫޕްގައި ދެން ހިމެނޭ ތުރުކީ އާއި ޕެރެގުއޭއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މިރޭގެ މެޗުން ބަލިވި ނަމަވެސް، އޮސްޓްރޭލިޔާއަށް އަދިވެސް ގްރޫޕްގެ ފަހު މެޗުން ކުރިހޯދައިގެން އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ