ޝަހީދު ހުސެއިން އާދަމްގެ ބައްޕާފުޅު ނިޔާވެއްޖެ

ތިނެއް ނޮވެމްބަރުގެ ބަތަލު ކުޅުދުއްފުށީ މާވާގެ، ޝަހީދު ހުސެއިން އާދަމްގެ ބައްޕާފުޅު، އާދަމް މުހައްމަދު ނިޔާވެއްޖެ އެވެ.
އާދަމް ނިޔާވީ މިއަދުގެ ވަގުތެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށެވެ.
އާދަމްގެ ދަރިޔަކު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މުސްކުޅި ބަލީގައި ބައްޕަ ޑޮކްޓަރަށް ދައްކަވާތާ ދުވަސްކޮޅެއްވެފައިވާ ކަމަށެވެ. ހާލު ދެރަވެ ހޮސްޕިޓަލަށް ގެނައީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އާދަމް ނިޔާވިއިރު ދުނިޔޭގައި އަނބަކާއި 6 ދަރިން އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ