އުރުދުންގެ ބޯޑަރު ހުރަސްކޮށް ހުޅަނގު އައްސޭރީއަށާއި އިޒުރޭލަށް ވަނުމަށް މަސައްކަތް ކުރި ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގެ ހަ މެމްބަރަކާއި އިތުރު 24 ބޭފުޅެއްގެ ވަފުދެއް އިޒުރާއީލުން މަނާކޮށްފި އެވެ.
އެ ގްރޫޕުން އިޒުރޭލާއި ހުޅަނގު އައްސޭރިއަށް އެތެރެވާން އުޅުނީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ދަ ކެނެޑިއަން-މުސްލިމް ވޯޓް (ޓީސީއެމްވީ)ގެ ސުޕޮންސާގެ ދަށުންނެވެ.
ކެނެޑާގައި ހުންނަ އިޒްރޭލު ސަފީރު ވިދާޅުވީ އެ ޖަމާއަތް އިޒުރޭލަށް ވަނުން މަނާ ކުރީ ޓީސީއެމްވީ އަކީ އިސްލާމިކް ރިލީފް ގްރޫޕާ ގުޅުން އޮންނަ ޖަމާއަތަކަށްވާތީ ކަމަށެވެ. އަދި އެ ގްރޫޕަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އިޒްރޭލުން ސިފަކޮށްފައިވާ އަމިއްލަ ޖަމާއަތެއް ކަމަށެވެ.
ނަމަވެސް 'އިސްލާމިކް ރިލީފް ވޯލްޑްވައިޑް' އާއި ކެނެޑާ އިން އެ ޖަމާއަތާ ގުޅިފައިވާ ގްރޫޕުން ވެސް އެކަން ދޮގު ކުރެ އެވެ. ޓީސީއެމްވީ އިން ބުނީ އެ ޖަމާއަތަށް ފައިސާ ލިބެނީ ހަމައެކަނި ގާބިލު އެހީދޭ ފަރާތްތަކުން ކަމަށެވެ.
އެ ހަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކީ ވެރިކަން ކުރާ ލިބަރަލް ޕާޓީގެ މެމްބަރުންނެވެ.
މިދިޔަ އަހަރު ވެސް ޓީސީއެމްވީ އިން އިންތިޒާމުކޮށްގެން ކުރި އެފަދަ ދަތުރަކަށް އިޒުރޭލުން ވަނީ ހުއްދަ ދީފަ އެވެ.
ކެނެޑާއިން ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން ކެނެޑާ އާއި އިޒްރޭލާ ދެމެދު ނުތަނަވަސްކަން ވަނީ އިތުރުވެފަ އެވެ.
ކެނެޑާ މަޖިލީހުގެ ހަ މެމްބަރަކު އިޒުރޭލަށް ވަނުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ