ކެމްޕޭން ފޮތިގަނޑަކަށް ދުވާލަކަށް 10ރ. ގެ ފީއެއް ދައްކަން އެޗްޑީސީން އަންގައިފި: ޓީމް އުމަރު

ކެމްޕޭން ފޮތިގަނޑެއް ހުޅުމާލޭގައި ދެމޭނީ ފޮތިގަނޑަކަށް ދުވާލަކަށް 10ރ. ދައްކައިގެން ކަން އަންގާފައިވާ ކަމަށް އުމަރު ނަސީރުގެ ކެމްޕޭން ޓީމުން ވިދާޅުވެއްޖެއެވެ.
އެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ، ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ އެއްވެސް އެންގުމަކައިނުލާ އެ ބެނާތައް ނެގުމަށް ފަހު، ހުޅުމާލޭ ކެމްޕޭން ބެނާ ހަރުކުރާނަމަ، ކޮންމެ ފޮތިގަނޑަކަށް ދުވާލަކު 10 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފައިވާ ކަމަށެވެ.
މީގެ ހަފްތާ އެއްހާ ދުވަސް ކުރިން މުޅި ހުޅުމާލޭގެ އެތަން މިތަނުގައި އެމްޑީޕީގެ ދެ ކެންޑިޑޭޓް ގެ ފޮތިތައް ދަމާފަވަނީ މިފަދަ އެއްވެސް ހުރަސް އެޅުމެއް ނެތި ކަމަށް އުމަރުގެ ކެމްޕޭން ޓީމުން ފާހަގަ ކުރެއެވެ. އުމަރުގެ ޓީމުން އެ ފާހަގަ ކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ