މަންމަ މަރުވުމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ގައުމީ ޓީމާ ވަކިވެ، ފްރާންސަށް ހިނގައްޖެ އެވެ.
މިހެންވެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހޮނިހިރު ދުވަހު ނޯވޭއާ ދެކޮޅަށް ފްރާންސް ކުޅޭ މެޗުގައި ޑެޝޯން ބެންޗުގައި ނުހުންނާނެ އެވެ. އޭނާގެ ބަދަލުގައި ޓީމަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު ސްޓެފަން އެވެ. ބެލެވޭ ގޮތުގައި ޑެޝޯން އެނބުރި އައިސް ޓީމާ ހަވާލުވީ ގްރޫޕް ސްޓޭޖުގެ މެޗަށެވެ.
ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ބަޔާނުގައި ވަނީ މަންމަ މަރުވި ހަބަރު ލިބުމާއެކި ޑެޝޯން ވަނީ ފްރާންސްގެ ޓްރޭނިން ކޭމްޕުގައި ހުންނެވި ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ފިލިޕް ޑިއާލޯއާ ބައްދަލު ކޮށްފައި ކަމަށެވެ. އަދި މަންމަ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކޮށް އާއިލާއާއެކު ހިތާމަ ފާޅު ކުރުމަށް ޑެޝޯން ފްރާންސަށް ދިއުމުގެ ހުއްދަ ވަނީ ދީފަ އެވެ.
ޑެޝޯން އަކީ ވޯލްޑް ކަޕުގައި މި ފަހަރު ކޯޗު ކޮށްދޭ އެންމެ ތަޖުރިބާކާރު އަދި އަދި އެންމެ ފުންނާބު އެއް ޝަހުސިއްޔަތެވެ. އޭނާ އަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފްރާންސް ޓީމުގެ ކެޕްޓަނެވެ. އަދި 2018 ވަނަ އަހަރު ފްރާންސް ދެ ވަނަ ފަހަރަށް ވޯލްޑް ކަޕް އުފުލާލީ އޭނާގެ ކޯޗުކަމުގަ އެވެ. އެންމެ ފަހުގެ މުބާރާތުގެ ފައިނަލް ކުޅުނީ ވެސް އޭނާގެ ކޯޗުކަމުގަ އެވެ. ގައުމީ ޓީމާ 2012 ވަނަ އަހަރު ހަވާލުވި ކޯޗު މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ވަޒީފާ ދޫކޮށްލާނެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ފްރާންސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ނޯވޭ މެޗަކީ ފްރާންސް ހިމެނޭ ގްރޫޕްގެ ތަރުތީބު ކަނޑައަޅާނެ މެޗެވެ.
މަންމަ މަރުވުމުން ފްރާންސްގެ ކޯޗު ޓީމާ ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ