ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ސްކޫލް ހުޅުވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްކޫލް ހުޅުވައިފިއެވެ.
މި ސްކޫލަށް ދީފައިވާ ނަމަކީ "ކާމިލް ދީދީ ޕްރައިމަރީ ސްކޫލް"އެވެ.
ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމުގެގޮތުން މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ސްކޫލް ހުޅުވައިދެއްވާފައިވަނި ނައިބު ރައީސް ފައިސަލް ނަސީމެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަަސްމިއްޔާތު. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް. pic.twitter.com/I9tZrKGh88
— Ministry of Education (@MoEdumv) September 4, 2022
ކާމިލްދީދީ ޕްރައިމަރީ ސްކޫލް އަޅާފައިވަނީ، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތައް ކައިރީގައެވެ. މިސްކޫލަކީ، ފައުންޑޭޝަން ލެވެލްއިންފެށިގެން، ގުރޭޑް 6 އާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މިސްކޫލުގައި 824 ދަރިވަރުން ތަޢުލީމް ހާޞިލްކުރާއިރު، މުދައްރިސުންނާއިއެކު ޖުމުލަ 65 މުވައްޒަފުން މިވަގުތު މިސްކޫލުގައި އެބަތިއްބެވެ.
ކާމިލްދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ވަޒީރުލްމަޢާރިފްގެ މަޤާމަށް އައްޔަނުކުރެއްވި އަލްއުސްތާޛު އަޙްމަދު ކާމިލްދީދީއަށެވެ. އެމަނިކުފާނަކީ ދިވެހި އަދަބިއްޔާތުގައިވެސް ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ