ބޭންކްތަކުން ވިޔަފާރިވެރިންނަށް މިހާރު ދޫކުރަމުން އަންނަ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެމްއޭއިން މިއަދު ބުނީ، އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ
ގޮތަށް ވިޔަފާރި ބޭނުންތަކަށް އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޔޫއެސް
ޑޮލަރުގެ އިންސައްތަ %10 ބޮޑުކުރުމަށް ނިންމާފައިވާކަމަށެވެ.
އެމްއެމްއޭއިން ވަނީ މި
ހަފްތާއިން ފެށިގެން މި ބަދަލު ގެނައުމަށް ނިންމާފައެވެ. މި ބަދަލާ
ގުޅިގެން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ
އަދަދު %40 އަށް އިތުރުކުރުމަށް މަގުފަހިވެގެން ދާނޭކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.
މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން
އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ %60 އިން %90 އަށް ވަނީ މަތިކޮށްފައެވެ.
ނަމަވެސް އެމްއެމްއޭއިން ހަމާކުރާ ގޮތުގައި، ބޭންކުތަކުން އިތުރަށް މާރުކުރާ މި %30
އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ. މި ބަދަލު ގެނައުމުގެ
މައިގަނޑު މަޤްސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް،
މިހާރަށްވުރެ، ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު
ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުންކަމުގައި އެމްއެމްއޭއިން ހާމަކުރެއެވެ.
އެމްއެމްއޭއިން އިން ބުނީ ބޭންކުތަކަށް އަނބުރާ ދެވޭ 30 އިންސައްތަ
ބޭނުންކުރަނީ ވަކި ކަންކަމެއްގައިކަމަށެވެ. އެގޮތުން، އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން
ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ހޭދަކުރެވެއެވެ. އަދި މި އަދަދުގެ
ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ
އެހީތެރިކަން ދިނުމަށް ބޭނުންކުރެއެވެ.
ފޮރިން އެކްސްޖޭންޗް ޤާނޫނަށް ގެނައި ބަދަލާއެކު ކުދިއަދި މެދުފަންތީގެ
ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު %30 ޖެހިލާފައިވާއިރު އަމާޒަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ
އަދަދު %50 އިންސައްތައަށް އިތުރުކުރުންކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.
ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރުމަށް އެމްއެމްއޭއިން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ