ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ތަރައްގީކުރަން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
މުއްތަލިބު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިމި، މުޅި މަޝްރޫއުގެ 88.7 މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލްގެ 83 ޕަސަންޓުގެ މަސައްކަތް ނިމިފައިވާއިރު، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހޭންގާ އަދި ކާގޯ ބިލްޑިންގެ 96 ޕަސަންޓުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަލަށް 42،000 އަކަ މީޓަރު ހުންނަ އޭޕްރަންއެއް ވަނީ ގާއިމުކޮށްފަ އެވެ. އެތަނުގައި އެއްފަހަރާ ހަ ޖެޓް ޕާކް ކޮށްފައިވެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެއާޕޯޓުގައި 2.46 ކިލޯ މީޓަރުގެ ރަންވޭއެއް ގާއިމުކުރާނެ އެވެ.
މި މަޝްރޫއުގެ ދަށުން އެއާބަސް އޭ320 އަދި ބޯއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭ އަކާއި، 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިމެނޭ: މުއްތަލިބު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިމެނޭ: މުއްތަލިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ