ބޭރުގައި އުޅޭ ދިވެހީންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނަގާ ޕޭމަންޓް ހެދޭނެ ގޮތް ހަދައިފި

ރާއްޖޭން ބޭރުގައި އުޅޭ ދިވެހީންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނަގާ ޕޭމަންޓް ހެދޭނެ ގޮތް ހަދައިފި އެވެ.
ބެންކު އޮފް މޯލްޑިވްސް އިން މިއަދު ބުނީ ރާއްޖޭން ބޭރުގައި އުޅޭ ދިވެހީންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނަގާ ޕޭމަންޓް ހެދޭނެ ކަމަށެވެ. މި ލިމިޓް ހަމަޖައްސަން ބޭނުންވާ ރުފިޔާ ޑެބިޓް ކާޑު ސެލެކްޓް ކުރުމަށް ފަހު 750 ޑޮލަރުގެ ލިމިޓާ ހަމައަށް ޕީއޯއެސް މެޝިންތަކުން ޓްރާންސްކްޝަން ހެދޭނެ ކަމަށެވެ.
އަދި އެ މީހަކު ދިރިއުޅޭ ގައުމެއްގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގޭނެ ކަމަށެވެ.
އެ ބެންކުގެ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓަށް ގެނައި ބަދަލުން ރާއްޖޭން ބޭރުގައި ކިޔަވާ އެއްވެސް ދަރިވަރަކަށް އަސަރެއް ނުކުރާނެ ކަމަށެވެ.
އެގޮތުން ދަރިވަރުންނަށް ކަނޑައަާފައިވާ 1200 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނަ ކަން ބީއެމްއެލް އިން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ދަރިވަރުން އޭޓީއެމް އިން ފައިސާ ނެގުމުގެ ލިމިޓާއި ފީ އަށް ވެސް ބަދަލެއް ނުގެންނަ ކަމަށެވެ.
ޑޮލަރު ލިމިޓް 1200 އަށް އިތުރުކުރުމަށް ކިޔަވާ ދަރިވަރުންނަށް އަދި އިންޓާންޝިޕް ފުރިހަމަ ކުރާ ދަރިވަރުންނަށް ސްޓޫޑެންޓް ޕޯޓަލް މެދުވެރިކޮށް އެދެވޭނެ ކަމަށް ވެސް ބުންޏެވެ.
މިއަދުން ފެށިގެން، ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ބޭރުގެ ބައެއް ސައިޓަކުން ކުރާ ވިޔަފާރިއަށް 30 އިންސައްތައާ ހަމައަށް ފީއެއް ނަގާނެކަން އިއުލާން ކުރީ އިއްޔެއެވެ. އެގޮތުން ފީ ނަގާނެ ކަމަށް އިއުލާން ކުރި ސައިޓް ތަކަކީ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. 
މޫގެ އިތުރުން އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދު މަހަކު 125 ޑޮލަރަށް ބަދަލުކޮށް، އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޑޮލަރަށްވެސް ވަނީ ހަދާފައެވެ. 
އެކަމާ ގުޅިގެން އާންމުންގެ ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ.
ބީއެމްއެލް އިން މިއަދު ބުނީ ޓީމޫ, ޝީއިން, އަލީބާބާ އަދި އަލި އެކްސްޕްރެސް އާއި ލަޒާޑާއާ އީބޭ ހިމެނޭހެން ބޭރުގެ އެކި ވެބްސައިޓްތަކުން އިތުރު ފީ އަަކާނުލާ އެ ބެންކުގެ ހަތަރު ކާޑަކުން ވިޔަފާރި ކުރެވޭނެ ކަމަށެވެ.
* ކްރެޑިޓް ކާޑް
* ޓްރެވަލް ކާޑް
* ޔޫއެސްޑީ ޑެބިޓް ކާޑް
* ބިޒްނަސް ޑެބިޓް ކާޑް
މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މަހަކަށް 500 ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ