މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ އެވެ. 
އެންމެ ފަހުން މާލެ އަދި ހުޅުމާލެއިން އެއްކޮށް ކަރަންޓު ދިޔައީ މި އަހަރުގެ ޖޫން 1 ވަނަ ދުވަހު އެވެ. 
އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް އެތައް ގަޑިއިރަކަށް ކަރަންޓު ކެނޑި، ހިދުމަތްތަކަށް ބުރޫއެރިއިރު، މާލެ އާއި ހުޅުމާލެ އަށް އަލުން ކަރަންޓު ދެވުނީ ފަސް ގަޑިއިރު ފަހުންނެވެ. 
އެ ދުވަހަށް ފަހު މާލެ އަދި ހުޅުމާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުންދެ އެވެ.
މިއަދު ހެނދުނު ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެކަން ސްޓެލްކޯއިން އިއުލާނުކޮށްފައިވެ އެވެ. 
ނަމަވެސް، 9:20 ހާއިރުން ފެށިގެން ކަރަންޓު ކެނޑެމުން ގޮސް ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޅި މާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑުނެވެ. 
މިއަދު މުޅި މާލެ އަދި ހުޅުމާލެއިން ކަރަންޓު ދާންޖެހުނު ވަކި ސަބަބެއް ސްޓެލްކޯއިން ނުބުނެ އެވެ. 
ސްޓެލްކޯއިން ބުނީ "ޓެކްނިކަލް މައްސަލައެއް" ދިމާވީ ކަމަށެވެ. އަދި މައްސަލަ ހައްލުކޮށް ވީހާ ވެސް އަވަހަކަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.
    
    މުޅި މާލެ އާއި ހުޅުމާލޭން ކަރަންޓު ކެނޑިއްޖެ މުޅި މާލެ އާއި ހުޅުމާލޭން ކަރަންޓު ކެނޑިއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ