ލުނބޯ ތޮށި: ގަސް ހައްދާ މީހުންނަށް މުހިއްމު އެއްޗެއް

ލުނބޮއަކީ އަޅުގަނޑުމެންގެ ކެއުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބާވަތެކެވެ. އާއްމުކޮށް ލުނބޯ ބޭނުންކޮށްލުމަށްފަހު އޭގެ ތޮށިގަނޑު ގިނަ ފަހަރަށް ބޭކާރު އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް އެއިން ކުރެވިދާނެ ވަރަށް ގިނަ ބޭނުންތައް އެބަހުއްޓެވެ. ކެއުމުގެ ބާވަތްތައް ތައްޔާރުކޮށްލުމަށް ލުނބޯ ތޮށި ބައެއް މީހުން ބޭނުން ކުރާއިރު މިއީ ގަސް ހެއްދުމަށް ލޯބިކުރާ ފަރާތްތަކަށް ވެސް ވަރަށް މުހިއްމު ބޭނުންތައް އެއިން ކޮށްލެވޭނެ އެއްޗަކަށް ވަނީ ވެފައެވެ. އެގޮތުން މިއީ ޕެސްޓް ރިޕެލެންޓްސްގެ ގޮތުގައި މަސައްކަތްކޮށް، ފަސްގަނޑުގެ އެސިޑީޓީ ރަނގަޅުކޮށްލަދޭ ބާވަތެކެވެ. ލުނބޯ ތޮށި ބޭނުންކޮށްގެން ޕެސްޓް ރެޕެލެންޓް ތައްޔާރުކުރުމަށް ފަޅިކޮށްފައިވާ ހަ ލުނބޯ ހަތަރު ތަށި ފެނުގައި ރޭގަނޑު ނިދުމުގެ ކުރިން ބަހައްޓާށެވެ. އެކި ކަހަލަ ދިރޭ ސޫފާ ސޫފިތައް ނައްތާލުމަށް ލުނބޯ ތޮށި ބޭނުންކުރެވިދާނެ ކަމަށް ކަމުގެ މާހިރުން ބުނޭ--ފޮޓޯ/ދަސްޕްރޫސް ބޭނުންނަމަ އޭގެތެރެއަށް ކުދީނާ ނުވަތަ މިންޓު ފަތް ވެސް ލެވިދާނެއެވެ. ކުދީނާ ފަތަކީ ވަރަށް ގިނަ ދިރޭ ސޫފާ ސޫފިތައް އޭގެ ވަހަށް ނަފުރަތުކުރާ ފަތެކެވެ. ކުދީނާ ފަތް ނެތްނަމަ ތަށި ދޮންނަން ގެންގުޅޭ ސައިބޯނި ފުޅީގެ ސައި ސަމުސަލެއް ވެސް ލުނބޯ ފެނުގެތެރެއަށް ލެވިދާނެއެވެ. މި ފެނުން ގަސްތަކަށް ސްޕްރޭ ކޮށްލުމުން ގަހުގައި ހުންނަ ހިނި، މަދިރި ފަދަ ދިރޭ ސޫފާ ސޫފީގެ އުނދަގުލުން ރައްކާތެރިކަން ލިބޭނެ ކަމަށް ކަމުގެ މާހިރުން ބުނެއެވެ. ލުނބޯ ފެނުގެ ބަދަލުގައި ލުނބޯ ތޮށިތައް ގަހުގެ ގޮފިތަކުގައި ވަށައިގެން ބޭއްވުމުން ވެސް އެއިން ނިކުންނަ ވަހުގެ ސަބަބުން ދިރޭ ސޫފިތަކުގެ އުނދަގުލުން ސަލާމަތްވާނެ ކަމަށް ގަސްހެއްދުމުގެ ތަޖުރިބާހުރި ސަސްޓެއިނަބްލް ގާޑްނިން އެކްސްޕާޓް ކެރީ ސްޕޯނެމޯ ބުނެފައިވެއެވެ. ގޭގެ ބަގީޗާއަށް ކޮކާތަކަށް ދައުވަތު ދިނުމަށް ވެސް ލުނބޯ ތޮށި ބޭނުންކުރެވިދާނެ--ފޮޓޯ/ޕިންޓްރެސްޓް ހަމައެއާއެކު ލުނބޯ ތޮށްޓަކީ ގަސް އިންދާ ފަސްގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވެސް ވަރަށް ބޭނުންތެރި އެއްޗެއް ކަމަށް ކެރީ ވަނީ ބުނެފައެވެ. ލުނބޯ ތޮށިތައް ދެތިން ދުވަސް ވަންދެން ފެނުގައި ފޯކުރުމަށްފަހު އެ ފެން ފަސްގަނޑަށް ސްޕްރޭ ކުރެވިދާނެ ކަމަށް ސަސްޓެއިނަބްލް ގާޑްނިންގް އެކްސްޕާޓް ކެރީ ވަނީ ބުނެފައެވެ. ލުނބޯ ތޮށްޓަކީ އޭގައި އެކުލެވޭ މީރު ވަހުގެ ސަބަބުން ބަގީޗާއަށް ކޮކާ ގެނެސްދިނުމަށް ވެސް އެހީވެދޭ ބާވަތެކެވެ. ލުނބޯ ތޮށިތައް ތަށްޓަކަށް އަޅާފައި ބަގީޗާ ތެރޭގައި ބެހެއްޓުމުން ކޮކާތައް ބަގީޗާގައި އުދުހޭ މަންޒަރުން ހިތަށް އުފާވެރިކަން ހޯދިދާނެއެވެ. ނަމަވެސް ލުނބޯ ތޮށިތަކުގައި ފަންގަސް ޖެހުމުގެ ކުރިން އެ ތޮށިތައް ބަގީޗާއިން ނެގުމަށް ސަމާލުކަން ދިނުމަށް ކެރީ ސްޕޯނެމޯ ވަނީ އިރުޝާދު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ