އަގުހުރި އޮފާތަކާއެކު ދިރާގު ކަސްޓަމަރުންނަށް "ހޮޓް ޑީލްސް"
އަގުހުރި އޮފާތަކާއެކު ދިރާގުގެ ކަސްޓަމަރުންނަށް "ހޮޓް ޑީލްސް"ގެ ނަމުގައި ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ. ދިރާގުން ބުނީ ދިރާގުގެ މޯބައިލް ކަސްޓަމަރުންގެ ތެރެއިން ޕޯސްޓްޕެއިޓް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް މި އޮފާގައި ބައިވެރިވެވޭނެކަމަށެވެ. އެގޮތުން #225*އަށް ޑައިލްކޮށްލައިގެން، މި އޮފާތަށް ލިބޭނެއެވެ. ދިރާގުގެ "ހޮޓް ޑީލްސް"އިން ލިބޭ އޮފާތަކުގެ ތެރޭގައި: 450 ރުފިޔާއަށް 130 ޖީބީގެ ޑޭޓާ 100 ރުފިޔާއަށް 100 ޖީބީ ޑޭޓާ އަދި ބޯނަސް 60 ޖީބީ ޑޭޓާ ތިން ދުވަހަށް 100 ރުފިޔާއަށް 30 ދުވަހުގެ އަންލިމިޓެޑް ކޯލްސް "ހޮޓް ޑީލްސް" ބޭނުންކުރުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ބޯނަސް ޑޭޓާގެ އިތުރުން ކަނޑައެޅިފައިވާ އެޑް އޯން ތަކުން ހިލޭ ގުޅޭ މިނިޓްސް، ހިލޭ އައިމޯ އަދި ހިލޭ ޓިކްޓޮކް ބަލައިލެވޭ ޕެކޭޖެއް ހިމެނެއެވެ. އެހެންކަމުން މި އޮފާތަކުން ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން އަންނަނީ އެކި މުނާސަބުތަކާއި ގުޅިގެންނާއި އަދި އެނޫންވެސް ގޮތްގޮތުން ދިރާގުގެ ކަސްޓަމަރުންނަށް ތަފާތު އޮފާތައް އެންމެ ހެޔޮއަގުގައި ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ