އާރްޓީއެލްގެ ލޯގޯއިން ރީނދޫ ކުލަ އުނިކުރުމުން ފާޑުކިޔާއިރު، އެމްޓީސީސީގެ ބަހެއް ނެތް
ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް މިދިޔަ އެމްޑީޕީ ސަރުކާރުގައި ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ލޯގޯއިން ރީނދޫ ކުލަ އުނިކުރުމުން މީހުން ފާޑުކިޔަމުންދާއިރު، އެ ކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެމްޓީސީސީގެ ފަރާތުން ޖަވާބެއް ނުދިނެވެ. އާރުޓީއެލްގެ ދަށުން ބަހުގެ ޚިދުމަތާއި ފެރީގެ ޚިދުމަތް ދެއެވެ. މި ޚިދުމަތް ފެށިއިރު އާރުޓީއެލްގެ ލޯގޯގައި ހުންނަނީ ރީނދޫ ކުލައާއި ގަދަ އަދި މަޑު ނޫކުލައެކެވެ. އާރުޓީއެލް ފެރީތަކާއި ބަސްތަކުގައި ވެސް މި ލޯގޯއާއި ކުލަތައް ހުރެއެވެ. އެ ޚިދުމަތް ދޭ އެމްޓީސީސީން ބ. އަތޮޅުގައި ފަށާކަން އިއުލާނުކޮށް، މިދިޔަ އާދިއްތަ ދުވަހު އެކްސްގައި ޕޯސްޓެއް ކުރިއެވެ. އެ ޕޯސްޓުގައި ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުން، އާރްޓީއެލް ފެރީގައި ހުރި ލޯގޯގައި ރީނދޫކުލަ އުނިކޮށް، އެ ކުލައިގެ ބަދަލުގައި ބޭނުން ކޮށްފައިވަނީ އަޅިކުލައެވެ. މީގެކުރިން އާރުޓީއެލްގެ ޚިދުމަތް ދޭން ބޭނުންކުރި ފެރީތަކެއް: އާރްޓީއެލްގެ ލޯގޯއިން ރީނދޫ ކުލަ އުނިކުރުމުން ފާޑުކިޔާއިރު، އެމްޓީސީސީގެ ބަހެއް ނެތް --- ސަން ފޮޓޯ/ މާހިލް އާތިފް މި ބަދަލާ ގުޅިގެން މިދިޔަ ހޯމަ ދުވަހުން ފެށިގެން އެމްޓީސީސީގެ ބަހެއް ހޯދުމަށް މެސެޖުކޮށް، ތަކުރާރުކޮށް ގުޅި ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ. މި ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. https://x.com/MTCCPlc/status/1949500545900728498 އެމްޑީޕީ ސަރުކާރުގެ ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ވަނީ، ގައުމީ މަޝްރޫއެއްގެ ގޮތުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ކަމަށާއި ލޯގޯގެ ކުލަތައް ބަދަލު ކުރިޔަސް އެކަން ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އާރުޓީއެލް ފެރީ ޚިދުމަތުގެ ނިޒާމުގެ ދަށުން ޅ. އަތޮޅާއި، ނ. އަތޮޅާއި، ރ. އަތޮޅުގައި ވެސް މިހާރު އެ ޚިދުމަތް އެބަދެއެވެ. https://sun.mv/209191 ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ބ. އަތޮޅުގައި އެ ޚިދުމަތް ފެށުމާއެކު ޒޯން ދޭއްގެ ޚިދުމަތް އެއްކޮށް ފުރިހަމަވީ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޒޯން ދޭއްގައި ހިމެނޭ ހަތަރު އަތޮޅު ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މި ޚިދުމަތް ދެނީ ތިން ފިޔަވައްސެއް ހިމެނޭ ގޮތަށް ހަ ސަރަހައްދަކަށް ބަހާލައިގެންނެވެ. މި ޚިދުމަތުގެ މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު، ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ