ހުޅުމާލޭގެ ފްލެޓެއްގައި އަނެއްކާ ވެސް ރޯވެއްޖެ

ހުޅުމާލޭގެ ފްލެޓެއްގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެެއް ހިނގައި ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
އެމްއެމްޑީއެފުން ބުނީ ހުޅުމާލޭގެ ފޭސް އެކެއްގެ 94 ނަންބަރު ފްލެޓްގެ 3 ވަނަ ބުރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.
ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް ނުވެ އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ހުޅުމާލޭގެ ފޭސް ދޭއްގެ ވިނަރެސް ފްލެޓްގެ އެޕާޓްމަންޓެއްގައި ވެސް ރޯވެ. ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެތަނުގައި އުޅެމުން އައި މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވެސް ފޯރުކޮށް ދީފައިވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ފޭސް 1 ގެ ގުދަނެއްގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ