އެކްސިޑެންޓުގައި މަރުވީ ތޭރަވާއާއި އަޝްފާގެ ދަރިފުޅު
މާލޭގައި މިއަދު ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ 17 އަހަރުގެ ދަރިފުޅު ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެއްޖައި ބުނީ، މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެތަނުގައި އޮންނަ ކަފިރި ހުރަސް މަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހި، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގައި ޖެހިފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށާއި އަނެއް ދެ މީހުންގެ ހާލު ސީރިއަސް ކަމަށެވެ. ފުލުހުން ބުނީ 17 އަހަރުގެ ކުއްޖާގެ އިތުރުން އަނިޔާވެފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖަކާއި 40 އަހަރުގެ ފިރިހެނެކެވެ. އޭގެ ތެރެއިން 40 އަހަރުގެ ފިރިހެން މީހާއަކީ ކަސްރަތަށް ނުކުމެ އުޅުނު މީހެއް ކަމަށް އޭނާ ކިޔައިދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ