މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ހ. ވަވޮއި ޔޫސުފް އަލްސަން މުހައްމަދު (އަލް) ގެ ޖަނާޒާ މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.
އަލްސަން ނިޔާވީ އޭނާ އިން ސައިކަލުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ. މާލޭގެ ބޮޑުތަކުރުފާނު، މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓްގައި އަލްސަން ނިޔާވެ އިތުރު ދެ މީހަކަށް ވަރަށް އަނިޔާވި އެވެ.
އުމުރުން 17 އަހަރުގެ އަލްސަން އިނީ އެކްސިޑެންޓްވީ ސައިކަލުގެ ފަހަތުގަ އެވެ. ސައިކަލު ދުއްވީ އަލްސަން އެކުވެރި އެކެވެ. އެއީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ.
ބާރު ސްޕީޑްގައި އައި ސައިކަލު ޖެހުނީ އެ ވަގުތު ކަހިފި ހުރަހަކުން މަގު ހުރަސް ކުރި އުމުރުން 40 އަހަރުގެ މީހެއްގެ ގައިގަ އެވެ. އޭނާ އަކީ މަގުމަތީ ކަސްރަތަށް ދުވަން އުޅުނު މީހެކެވެ.
ސައިކަލުން ޖެހުނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލުން ނެއްޓެން އެ މީހާ ބާރަށް ކުރިއަށް ދުއްވައިގަތުމުންނެވެ.
އަލްސަން އަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުހައްމަދު އަބްދުލްޣަނީ (ތޭރަ) އާއި މަރިޔަމް އަޝްފާގެ ދަރިފުޅެވެ. އަލްސަން ގެ އާައިލާ އިން ވަނީ އޭނާގެ ޖަނާޒާ މާދަމާ އަސުރު ނަމާދަށް ފަހު ބޭއްވުމަށް ނިންމާފަ އެވެ. ޖަނާޒާ އޮންނާނީ މާފަންނު އާސަހަރާގަ އެވެ.
އަލްސަންގެ ޖަނާޒާ މާދަމާ އަސުރު ނަމާދަށް ފަހު އާ ސަހަރާ ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ