މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ދަރިފުޅު އަލްސަން، 17، ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މުއައްސަސާއިން ބުންޏެވެ. ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށާއި އަނެއް ދެ މީހުންގެ ހާލު ސީރިއަސް ކަމަށެވެ.
އެ އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގު ބަސް ޓާމިނަލް ކައިރީ ޒިބްރާ ކްރޮސްގައެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ ޒިބްރާ ކްރޮސް އިން މީހަކު ހުރަސް ކުރަނިކޮށް ސައިކަލުން އައިސް އޭނާގެ ގައިގައި ޖެހުމުންނެވެ.
އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ކަސްރަތަށް ދުވަން އުޅުނު މީހަކު މަގު ހުރަސް ކުރަން ކަފިހި ހުރަސް މަތިން ދަނިކޮށް ބާރަށް ދިޔަ ސައިކަލު އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. އެ މީހާ ވިއްސައިގެން ދިޔައިރު ސައިކަލުގައި ތިބި ދެ ކުދިން ގޮސް ޕިކަޕް ދަށުވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އެކްސިޑެންޓުވި ސައިކަލާއި ހެލްމެޓްގެ ބައިތައް ވެސް އޮތީ މަގުމަތީގައެވެ. އަދި ޕިކަޕަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ފުލުހުން ގެންދަނީ މި އެކްސިޑެންޓު ހިނގި ގޮތް ތަހުގީގު ކުރަމުންނެވެ.
މާލޭގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހުންނަށް ފަރުވާދެނީ ރޭ އައްޑޫ ސިޓީގައި 3 އެކްސިޑެންޓު ހިނގާ، 7 މީހަކަށް އަނިޔާވެއްޖެ މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި މަގުބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ