އިއްޔެ ހެނދުނު އިރު އެރީ އއ. މާޅޮހުގައި އުމުރުން 65 އަހަރުގެ މީހަކަށް ހަމަލާދީ މަރައިލި ހަބަރާ އެކު އެވެ. އެރަށު އޯކިޑުމާގޭ، އަބްދުއް ރަހްމާން އާދަމް، 65، އޭނާގެ އަންހެނުންނާއެކު ދިރިއުޅުމުން ދިޔަ ގެ، މާހިޔާ ގައި ނިދާފައި އޮއްވާ ބޮލުގައި އެއްޗަކުން ޖަހައި އޮތީ ޗަސްކޮށްލައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ މަރުވީ އެ ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް މާޅޮހުގައި ހަރަކާތްތެރިވަމުން ދާއިރު، ތުހުމަތު ކުރެވޭ މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
ރޭ 8:10 ހާއިރު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވީ މަޝްހޫރު މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު އަލްސަން، 17 އެވެ.
އެ އެކްސިޑެންޓު ހިނގީ އޭނާ އިން އެއާބްލޭޑު ސައިކަލް ބޮޑު ތަކުރުފާނު މަގުން، ހުޅަނގުން އިރަށް ދުއްވާފައި ދިޔަލެއް ބާރުކަމުން ކޮންޓްރޯލް ނުކުރެވިގެން ގޮސް، މަގު ހުރަސްކުރަމުން ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.
މާފަންނު ބަސް ސްޓޭޝަންގެ ކުރިމަތިން މަގު ހުރަސްކުރަން އުޅުނީ ކަސްރަތަށް ދުވަމުން ދިޔަ މީހެކެވެ. އޭނާގެ ގައިގައި ސައިކަލް ޖެހުމުން އޭނާ ވިއްސައިގެން ގޮސް ޖެހުނީ ދުރުގަ އެވެ. އެއަށް ފަހު، ސައިކަލް ގޮސް ޖެހެނީ އިރުން ހުޅަނގަށް ދުއްވާފައި އައި ޕިކަޕެއްގަ އެވެ.
އެކްސިޑެންޓުގައި ސައިކަލްގައި އިން އުމުރުން 16 އަހަރުގެ ކުއްޖާ އަށް ވެސް ޒަހަމްވި އެވެ. ނަމަވެސް ސައިކަލް ދުއްވަން އިނީ ކޮން ކުއްޖެއް ކަމެއް ފުލުހުން އަދި ނުބުނެ އވެެ.
ސައިކަލުން ޖެހި ވިއްސައިގެން ދިޔަ އުމުރުން 40 އަހަރުގެ މީހާ އަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހުލާސާކޮށް އިއްޔެ: މީހަކު މަރާލުމާއި އެކްސިޑެންޓެއްގައި ކުއްޖަކު މަރުވުން ހުލާސާކޮށް އިއްޔެ: މީހަކު މަރާލުމާއި އެކްސިޑެންޓެއްގައި ކުއްޖަކު މަރުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ