ޕީއެންސީގެ ވެރިކަމެއް ކުރަން އަދި މި ފަށަނީ ކަމަށާއި ވަޒީފާ ނުލިބި ތިބި އެ ޕާޓީގެ މެމްބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ޕާޓީގެ ލީޑަރުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގޮސް، އާންމު މެމްބަރުންގެ ފަރާތުން ޕާޓީގެ ރައީސްއާ ހިއްސާކުރަން ހުރި ކަންކަން ދެނެގަންނާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޝުޖާއު އެހެން ވިދާޅުވިއިރު އަންނަ އަހަރުގެ އޭޕްރީލްގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.
ތަފްސީލު - ޝުޖާއު ވިދާޅުވި ގޮތުގައި ކުރިން ދެ ޕާޓީއެއްގެ ގޮތުގައި (ޕީޕީއެމް އާއި ޕީއެންސީގެ ގޮތުގައި) އޮތުމަށްފަހު އެއް ޕާޓީ އުވާލުމަށް ފަހު އެކަތިގަނޑެއްގެ ގޮތުގައި ޕީއެންސީގެ ވެރިކަމެއް ކުރަން އަދި މި ފެށެނީ ކަމަށެވެ.
"އަޅުގަނޑުމެންގެ ލީޑަރުން އަތޮޅުތެރެއަށް މި ދަނީ ތިޔަ ބޭފުޅުން [ޕާޓީ މެމްބަރުން] ހިތްހަމަޖައްސައިދޭން. މައުލޫމާތު އެއްކުރަން،" ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީ މީހަކަށް ވަޒީފާ ނުލިބިއްޖެއްޔާ އޮންނަ އުސޫލުގެ ތެރެއިން އެ މީހަކަށް ވަޒީފާ ލިބޭނެ. ޕާޓީ ވެރިކަން ކުރަން މި އުޅެނީ. ރައީސް މުއިއްޒަށް ކެރިވަޑައިގަންނަވާނެ ޕާޓީ ވެރިކަން ކުރަން."
މީގެ ކުރިން ޕީޕީއެމް ވެރިކަމެއް އޮއްވާ އިދިކޮޅަށް ދާން ޖެހުނީ ޝުޖާއު ވިދާޅުވި ގޮތުގައި ޕާޓީ ވެރިކަމެއް ނުކުރެވުނީމަ އެވެ.
"ދެން އަޅުގަނޑުމެން ރަށްރަށަށް ގޮސް ކީއްވެހޭ އަޅުގަނޑުމެންގެ ވެރިކަން ވެއްޓުނީ ބުނީމަ، ވިދާޅުވީ 'މެޑަމްއާ ހެދީ'އޭ. މިހާރު މެޑަމްއެއް ނޫޅޭނެ މި ޕާޓީ ހިންގާކަށް. މި ޕާޓީ ހިންގާނީ ޕާޓީގެ ރައީސް އާއި ޕާޓީގެ ލީޑަޝިޕުން."
ޝުޖާއުގެ 'ހެޕީ' ނިއުސްއެއް: ޕީއެންސީ އެންމެންނަށް ވަޒީފާ ދޭނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ