ތޮއްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ބެހެއްޓިތާ ހަފްތާއެއް ނުވަނީސް ހިދުމަތް މެދުކެނޑިއްޖެ ތޮއްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ބެހެއްޓިތާ ހަފްތާއެއް ނުވަނީސް ހިދުމަތް މެދުކެނޑިއްޖެ

އއ. ތޮއްޑޫގައި މިދިޔަ ބުދަ ދުވަހު ހުޅުވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށިތާ ހަފްތާއެއް ނުވަނީސް ހިދުމަތް މެދުކެނޑިއްޖެ އެވެ.
ތޮއްޑޫ އިން އަދަދު އާ ވާހަކަ ދެއްކި މީހަކު ބުނީ ބީއެމްއެލްގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް އަނބުރާ ލިބޭނެ ދުވަހެއް ނޭގޭ ކަމަށެވެ.
"އިއްޔެއިން ފެށިގެން ހިދުމަތް މެދުކެނޑިފައި ކަމަށް އޭޓީއެމް އިން ފެންނަނީ. ހިދުމަތް ލިބޭނެ ދުވަހެއް އަދި ނެތް އެނގިފައެއް،" އޭނާ ބުންޏެވެ.
ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށްޓަވައިދެއްވީ މިދިޔަ ބުދަ ދުވަހު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒު އެވެ. އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ޑޮލަރު އޭޓީއެމް ގާއިމުކުރެވުމާއެކީ އެ ރަށުގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ވާނެ ކަމަށެވެ.
ރައީސް މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ކުރައްވާ މައިގަނޑު ކަމަކީ ގިނަ ރަށްރަށުގައި ބީއެމްއެލްގެ އޭޓީއެމް ހުޅުވަން ރިބަން ކެނޑުން ކަމަށް ބުނެ ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި އެމަނިކުފާނު ވިދާޅުވީ އޭޓީއެމް ބެހެއްޓުމަކީ އާދައިގެ ކުޑަ ކަމެއް ނޫން ކަމަށެވެ.
ތޮއްޑޫއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން އަދި ދިވެހިން ވެސް ޗުއްޓީ ހޭދަކުރުމަށްދާ ރަށެކެވެ. އެ ރަށުގައި 50 އަށްވުރެ ގިނަ ގެސްޓްހައުސް ހުރެ އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން 103 އޭޓީއެމް ގާއިމު ކުރުމުގެ މަޝްރޫއެއް ބީއެމްއެލް އިން ފެށީ މިދިޔަ ނޮވެމްބަރު މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ