އެމްއައިބީ9 ކްލަބާ ގުޅި، އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އެމްއައިބީ9 ކުލަބާ ގުޅި، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެމްއެއައިބީން ވަނީ، އެމްއައިބީ9 ކްލަބުން ކަސްޓަމަރުންނަށް ގިނަގުނަ ފައިދާތަކެއް ލިބޭނެކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި: އޮންލައިން ޓްރާންސެކްޝަންތަކަށް އިތުރު ލިމިޓް ލިބުން ފައިނޭންސްކުރުމުގެ ފަސޭހަތަކެއް ލިބުން ދަތުރުފަތުރުގެ ޑިސްކައުންޓް ލިބުން ޖިމް މެމްބާޝިޕްގައި ސޭވިންސް ލިބުން ޕާޓްނާ ފިހާރަތަކުން ޚާއްސަ ޑީލްތައް ލިބުން މި ހުރިހާ ފައިދާތަކެއް ވެސް ލިބޭނީ އިސްލާމިކް ބޭންކުގެ އެކައުންޓަށް މުސާރަ ޖަމާކުރާ ފުރަތަމަ މަހުން ފެށިގެން ކަމަށާއި މި ކްލަބްގެ މެމްބާޝިޕް ހޯދުމަށް ހަމައެކަނި ކުރަންޖެހޭ ކަމަކީ އިސްލާމިކް ބޭންކްގެ އެކައުންޓަށް މުސާރަ ޖަމާކުރުން ކަމަށް ބޭންކުން ބުނެއެވެ. އެމްއައިބީ9 ކްލަބާ ގުޅުމުން އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި -- ފޮޓޯ/ އެމްއައިބީ އެމްއައިބީން ފަށައިފައިވާ ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން، މިދިޔަ މަހުގެ 15އިން ފެށިގެން އެމްއައިބީ9 ކްލަބާ ގުޅޭ ކަސްޓަމަރުންގެ ތެރެއިން ހަތަރު ނަސީބުވެރިއަކަށް އަގުހުރި ހަތަރު އިނާމެއް ދިނުމަށް ވަނީ ހަމަޖައްސައިފައެވެ. އެ ޕްރޮމޯޝަނުން ދޭ އިނާމުތަކުގެ ތެރޭގައި: ނަސީބުވެރިއަކަށް ދެ ބޭފުޅުންގެ ދެކޮޅު ޓިކެޓް (ބަޓިކް އެއާގެ އެންމެ މަގުބޫލް ހަ ގައުމަކުން އެއް ގައުމަކަށް) ނަސީބުވެރިއަކަށް 1،000 ޑޮލަރުގެ ފައިސާގެ އިނާމް ނަސީބުވެރިއަކަށް ބޭންކުގެ ޕާޓްނަރު ޖިމަކުން އެއް އަހަރު ދުވަހުގެ ހިލޭ މެމްބާޝިޕް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އެޕަލް މެކްބުކް އެއާއެއް އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްއައިބީ9 ކްލަބްގެ އޮފާތަކާއި އިތުރު ތަފުސީލްތައް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ވެބްސައިޓުން ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ