ބެންޒޮއިކް އެސިޑް މާ ގިނައިން ހިމެނޭތީ ޑރ. ޕެޕާ ނަމަކަށް ކިޔާ ސޮފްޓް ޑްރިންކެއް ރާއްޖޭގައި ނުވިއްކުމަށާއި ބާޒާރުގައި ކިހާރު ހުރި ބެޗުތައް ނެގުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފި އެވެ.
ޑރ. ޕެޕާއަކީ އެމެރިކާގައި އުފައްދާ ބުއިމެކެވެ.
ތަފްސީލު - އެމްފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ޑރ. ޕެޕާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮ ފުޑް އެންޑް ފީޑް (އާރުއޭއެސްއެފްއެފް)ގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ ޑރ. ޕެޕާގައި ބެންޒޮއިކް އެސިޑް ހުންނަނީ، ހުންނަންޖެހޭ މިންވަރަށް ވުރެ ގިނައިން ކަމަށެވެ.
"ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން ރާއްޖެއަށް އެތެރެނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އަންގަމެވެ،" އެމްއެފްޑީއޭއިން ބުނެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު އެމްއެފްޑީއޭގެ ނަންބަރު 3034231 ނުވަތަ 7603204 އަށް ގުޅައިގެން ލިބޭނެ އެވެ.
ބެންޒޮއިކް އެސިޑް މާ ގިނައިން ހިމެނޭތީ ރާއްޖޭގައި ޑރ. ޕެޕާ މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ