ޓެކްސީ ޑްރައިވަރު ގާސިމް މަރާލި މައްސަލައިގެ ހުކުމް މާދަމާ

އަދުހަމަކީ މަސްތުވާތަކެއްޗާއި ވައްކަން ފަދަ ކުށުގެ ރެކޯޑް އޮތް މީހެކެވެ. ގާސިމް މަރާރި ދުވަހު ވެސް އޭނާ މަސައްކަތް ކުރީ ފޭރިގެން މަސްތުވާތަކެތި ގަންނަން ފައިސާ ހޯދާށެވެ.
މީގެ ތިން އަހަރު ކުރިން ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާ ލިބޭ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދަށް ހުކުމް ކުރަން މާދާއަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.
ޑިސެމްބަރު 4، 2019 ގައި ގާސިމް މަރާލީ އޭނާ ދުއްވާ ޓެކްސީއަށް އެރުމަށްފަހު ބިރުދައްކައިގެން އޭނާ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. މި މައްސަލައިގައި އަދުހަމްގެ މައްޗަށް ކޮށްފައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.ތަހުގީގު މަރުހަލާގައި ދައުވާއަށް އިއުތިރާފްވި ނަމަވެސް، ފަހުން އަދުހަމް ބުނެފައި ވަނީ ގާސިމް މަރުވީ އޭނާގެ ސަބަބުން ކަމަށާއި އެކަމަކު މަރާލުމުގެ ގަސްދެއް ނެތް ކަމަށެވެ. ހާދިސާ ހިނގިއިރު އަދުހަމް ހުރީ މަސްތުވެގެންނެވެ.ދައުލަތުން ބުނެފައި ވަނީ އަދުހަމް މަސްތުވީ އަމިއްލަ އިހުތިޔާރުގައި ކަމަށެވެ. އޭނާ ފޭރެން އުޅުނީ ވެސް މަސްތުވާތަކެތި ހޯދަން ކަމަށާއި، ކޮންމެ ހާލަތެއްގައި ވެސް މަސްތުވާތި ހޯދަން ފައިސާ ހޯދަން އޭނާ ރާވަމުން ދިޔަ ކަމަށެވެ. އެހެންވެ، ގާސިމް މަރާލުމުގެ ގަސްދު އޮތް ކަމަށް ދައުލަތުން ބުނެ އެވެ.މި މައްސަލައިގައި ހެކިބަސް ނަގާ ނިންމާލީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމައިލީ އޮކްޓޯބަރު މަހު އެވެ. މައްސަލައިގެ ހުކުމް ކުރާ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ 1:00 އަށެވެ.އަދުހަމަކީ މަސްތުވާތަކެއްޗާއި ވައްކަން ފަދަ ކުށުގެ ރެކޯޑް އޮތް މީހެކެވެ. ގާސިމް މަރާރި ދުވަހު ވެސް އޭނާ މަސައްކަތް ކުރީ ފޭރިގެން މަސްތުވާތަކެތި ގަންނަން ފައިސާ ހޯދާށެވެ. ގާސިމް މަރާލަން ބޭނުންކުރި ވަޅި ވެސް އޭނާ ހޯދީ ކެފޭއެއްގައި ހުރި މީހަކަށް ބިރު ދައްކައިގެންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ