މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި

މ. މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ނިންމާލާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިމުނީ މިދިޔަ މަހުގެ 23ގަ އެވެ.
މިއީ:
17.6 މިލިއަން ރުފިޔާގެ މަޝްރޫއެއް
މި މަޝްރޫއުގެ ދަށުން، 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖަހާފައިވޭ
މުހިންމުވަނީ ކީއްވެ؟ - މުލަކަކީ، އުދައެރުން ފަދަ ކަންކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. އެގޮތުން، ގޮނޑުދޮށް ކައިރީގައި ހުންނަ ބައެއް ގެތަކަށް ލޮނު ވަދެ، މުދަލަށާއި ގެދޮރަށް ގެއްލުން ލިބިފައި ވެސް އެބަހުއްޓެވެ.
އެނގުން މުހިއްމު - މިދިޔަ ތިން އަހަރުގެ ތެރޭގައި، ބަނދަރު ހެދުމާއި ބިން ހިއްކުން އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 42 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ