މައްސަލަތައް ޙައްލުކުރެވޭނީ "އައިލަވްޔޫ"ގެ މާނައަކީ "އަހަރެން ތިބާ ބޭނުންކޮށްލަން ބޭނުން" ކަމަށް ހަދާ މީހުންނަށް ފުރުޞަތު ނުދިނީމަ!: މުފްތީ މެންކް

މިއަދު މީހަކު "އަހަރެން ތިބާ ދެކެ ލޯބިވަމެވެ" ބުނެފިނަމަ ގިނަފަހަރު އެބަސް ބުނެފައި އޮންނަނީ މުޅިން ތަފާތު މާނައެއްގައެވެ. ޙަޤީޤީ މާނައަކަށްވެފައި އޮންނަނީ އަހަރެން ތިބާގެ ބޭނުންކޮށްލަން ބޭނުން ކަމަށެވެ. ވީމާ މީހަކު ފޯނުކޮށްފައި ދައްކާ އެބާވަތުގެ ވާހަކަތަކަށް ނުހެއްލޭށެވެ.
މިއަދުގެ ޒުވާން ފިރިހެނުން ވަރަށް ހުޝިޔާރެވެ! އެމީހުން "އައިލަވްޔޫ" ބޭނުންކުރަނީ އަންހެނުން ޝިކާރަކުރަން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައެވެ. އެކަން ނުއެނގި ތިބެ އަންހެނުންތައް ގޮސް މަޅީގައި ޖެހެނީއެވެ.
ޝިކާރަކުރަން ޖަނަވާރު ހިފަން ޖަންގަލީގައި ދަމާފައި ހުންނަ ދަލުގައި ޖެހޭ ޖަނަވާރު ކަތިލައިގެން ކައިލާ އުޞޫލުން އެކަނބަލުންގެ ނަފުސުތައް އެދަނީ ދިރިތިއްބައި ކަތިލައި ބޭނުންކޮށްލެވެމުންނެވެ. ޢިއްޒަތާއި ކަރާމާތް އެގެންދަނީ ނަގާލަމުންނެވެ. ބޭނުންކޮށްފައި އުކައިލެވޭ ޓިޝޫޕޭޕަރުތަކަށް ހަދަމުންނެވެ. ނިކަން ބުނެބަލާށެވެ! ތިއަ ކަނބަލުންގެ އަގަކީ ހަމަ އެއީ ހެއްޔެވެ؟
އަހަރެމެން ބޮޑުވެގެން އައިއިރުވެސް ހަށިގަނޑު ހިތެއް އޮތެވެ. ކަންކަމަށް ބޭނުންވެސް ވެއެވެ. އަންހެނުން ފެނުމުން އުނދަގޫތަކެއްވެސްވެއެވެ. ވީމާ އެކަންކަން މިހާރުގެ ޒުވާނުންނަށްވެސް ކުރިމަތިވާނެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މައްސަލައަކަށް ވެގެން މިއުޅެނީ އެ ހާލަތުގައި ހިތަށް އަރާ ގޮތް ބަދަލުވުމެވެ. ތިމާ ޢަމަލުކުރަން ބޭނުންވާ ގޮތް ބަދަލުވުމެވެ.
އެއިރު އެފަދަ ޙާލަތުގައި އަހަރެމެންގެ ހިތަށް އަރަނީ އަހަރެމެންނަށް ކައިވެނި ކުރެވޭނީ ކޮން ދުވަހަކުންބާވައެވެ! ނަމަވެސް މިއަދު ގިނަ ބައެއްގެ ހިތަށް އަރަނީ އެ އަންހެނާ، ނުވަތަ ފިރިހެނާގެ ބޭނުން އަހަރެންނަށް "ޝިކާރަކޮށްލެވޭނީ" ކިހިނެއް ކަންކަން ކުރުމުންބާވައެވެ. މިއީ އުޑާއި ބިމާހައި ތަފާތު ބޮޑު ދެ ވިސްނުމެކެވެ.
މިކަންކަމަށް ވިސްނައި ހޭލުންތެރިވުމަށް ފަސްފަށުން އިލްތިމާސްކުރަމެވެ. "އައިލަވްޔޫ" ބުނެފިނަމަ ފަހަތުން ބުނާށެވެ. "އަވަހަށް ޙަލާލުކޮށްލާށެވެ! ﷲ ތަޢާލާގެ ރަޙްމަތާއި ބަރަކާތް ވަނީ ޙަލާލްލޯބީގައެވެ!" އެހެން ބުނެފައި އެގޮތުގައި ސާބިތުވާށެވެ! ާ
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ