އިންޑިއާގެ މަރުހަބާ ސަރުކާރަށް އިންޑިއާގެ ނޫސްތަކުން ދޮގު ހަބަރު ފަތުރާކަމަށް ދިވެހި ސަރުކާރުން ބުނެފި ރާއްޖެއިން އިންޑިއާގެ 43 މީހަކު ޑީޕޯޓުކޮށްލައިފި އިންޑިއާއިން މަސް ދޯނިތަކަށް އެރި މައްސަލައިގެ ތަހުގީގު ހާމަކުރަންޖެހޭ: ސޯލިހު މަގުބޫލު ލިޔުންތައް ހުވަ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް ވެސް ފައިބައިފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މައުލޫމާތު ވަނީ ހާމަކޮށްފައެވެ.
އިންޑިއާ ސިފައިންގެ ބަދަލުގައި އުޅަނދުތައް އޮޕަރޭޓްކުރަން މަދަނީ މީހުން ރާއްޖެ ގޮސްފައިވާ ކަމަށް ވެސް އިންޑިއާ ބުނެއެވެ. މިކަމާ ގުޅޭގޮތުން މީގެ ކުރިންވެސް ރާއްޖެއާއި އިންޑިއާއާ ދެމެދު ހައިލެވެލް ކޯރ ގްރޫޕްގެ ބައްދަލުވުންތަކެއް ބާއްވާ، އިންޑިއާ ސިފައިން ފޮނުވާލުމަށް ވަނީ އެއްބަސްވެފައެވެ.
އިންޑިއާގެ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެއިން ފޭބީ މި އަހަރުގެ މާޗް މަހުގެ ކުރީކޮޅުގައެވެ. އަދި ދެވަނަ ބެޗް ފައިބާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުން ކަމަށް ވާއިރު، ރައީސް އިއުލާންކުރެއްވި 100 ދުވަހުގެ ޕްލޭންގައި ވެސް މި ކަންކަން ހިމެނެއެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގައި ތިބީ 88 އިންޑިއާ ސިފައިންގެ ކަމަށް ހޯދި ހޯދުންތަކުން އެނގެން އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ