ދަރިންނަށް ޚަރަދުނުކުރާ އަޅައިނުލާ މީހުންނަށް އެއްގޮތަކަށްވެސް ނުވިސްނޭ ކަންތައް- އެކަމުގެ ޢަޛާބު ލުއިނުވާނެ ސަބަބު!

ދަރިން ލިބުމުން ދަރިންނަށް ޚަރަދުނުކުރާ އަދި އަޅައިވެސް ނުލާ ބައަކު އުޅެއެވެ. އެމީހުންނަށް ދަރިއަކު ނުވަތަ ދަރިން ލިބިފައިވާކަން ހަނދާނުގައިވެސް ނުހުންނަ ފަދައެވެ.
މިފަދަ މީހުން ދަންނާށެވެ!
ތިބާ ނުވަތަ ތިއަ ދެމަފިރިން މެދުވެރިކުރައްވަވައި ދަރިފުޅު ނުވަތަ ދަރިން ދުނިޔެއަށް އުފަންކުރެއްވެވި ނަމަވެސް އެއީ ތިއަބައިމީހުންގެ އަމިއްލަ މިލްކެއް ނޫނެވެ. އެއީ މާކުރިންސުރެ ﷲ ތަޢާލާގެ މިލްކެކެވެ. ތިއަބައިމީހުންނާއި ޙަވާލުކުރައްވަވަނީ ﷲ ތަޢާލާގެ އަމާނާތެއްގެ ގޮތުގައެވެ. ޚަރަދުކޮށް ބަލަހައްޓަންޖެހޭ އިސްފަރާތަކީ ބައްޕައެވެ. މަންމައަށް އޮތީ ހެޔޮ ގޮތުގައި ދަރިން ގެންގުޅުމެވެ.
ލޮބުވެތި އެކުވެރިންނޭވެ! ﷲ ތަޢާލާ ޙަވާލުކުރައްވަވާ އެއަމާނާތަކީ އަމާނާތަށް ރައްކައުތެރިވެއްޖެނަމަ އެކަމުގެ ސަބަބުން ސުވަރުގެ ޙާޞިލުކުރެވެން އޮތް ނިޢުމަތެކެވެ. މައިންބަފައިން ނަރަކައިން ސަލާމަތްކުރައްވަވާ ސަބަބެކެވެ.
އެހެންކަމަށްވާއިރު އެއަމާނާތަށް އިހްމާލުވެއްޖެނަމަ، ޚިޔާނާތްތެރިވެއްޖެނަމަ ޢަޛާބު ނުދެއްވަވާނެކަމަށް ވިސްނުމަކީވެސް މޮޔަކަމަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަދި ދެއްވަވާ ޢަޛާބު ލުއިވެދާނެ ކަމަށް ވިސްނުމަކީ އެއަށްވުރެވެސް ބޮޑުކަމެއް ނޫނެ ހެއްޔެވެ؟
މީސްތަކުންނޭވެ! އެކަމެއް ކުރުމަށް އަންގަވައި އަދި އެކަމެއް ކުރުމުން ޘަވާބު ދެއްވަވާނެ ކަމަށް އަންގަވާފައިވާ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލައިފިނަމަ އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެކަން ޤަބޫލުކުރާށެވެ! ބިރުވެތިވާށެވެ! ﷲ ތަޢާލާ ދެއްވަވާ އެއްވެސް ޢަޛާބަކީ ލުއި ކަމަކަށް ނުވާނެއެވެ! އެކަން ﷲ ތަޢާލާ ވަނީ ޤުރްއާނުގައި ބަޔާންކުރައްވަވައިފައެވެ.
--މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ