ޑޮކިއުމެންޓްރީއާ ގުޅޭ ކޯޓު އަމުރާ އެކު އީސީގެ އެންގުމެއް ޕާޓީތަކަށް

"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުފެތުމަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރާ އެކު އިލެކްޝަން ކޮމިޝަން (އީސީ) އިން ޕާޓީތަކަށް އެންގުމެއް އަންގައިފި އެވެ. 
އެ ކޮމިޝަނުން އެންގީ ޑޮކިއުމެންޓްރީގެ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އެންމެންގެ މައްޗަށް ޝާމިލުވާ ގޮތަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރާ އެއްގޮތަށް ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގުމަށެވެ. 
ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން އެންގި އެންގުމުގައި ވަނީ ކޯޓު އަމުރުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގަން ދަންނަވާ ކަމަށެވެ. 
އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން:
 - "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް
- ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން
- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން
- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން.
 މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
The most trusted news source in the Maldives
މި އަމުރު ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވީ "އަދަދު"ގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން މިއަދު އެދުމާ ގުޅިގެންނެވެ. 
ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފަފއަކަށްވާއިރު އެކަން ހަރުކަށި އިބާރާތުން ނަހީ ކުރައްވާ ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކަމަށެވެ. އެކަން އެހާ ބޮޑަށް ނަހީ ކުރައްވާފައިވަނީ އަބުރު ރައްކާތެރިކުރުމަށާއި އިއްޒަތުއް ނަފުސު ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ.
މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވި ދައުވާ އުފެލޭ ހާލަތުގައި ވެސް ނަމާ އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު އޮންނަ ކަމަށާއި އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓަކުން ހުކުމްކޮށްގެން މެނުވީ މީހަކު ކުށެއް ކުރި ކަމަށް ގާނޫނީ ގޮތުން ބެލޭނެ ހަމައެއް ނެތް ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
The most trusted news source in the Maldives
އަމުރުގައި ބުނީ ޝަރީއަތުގެ މަރުހަލާގައި ވެސް އެ ދެ ހައްގު ބެލެންސް ވެގެންދާނެ ފަދައަކުން ދައުވާ ލިބޭ މީހާ އާއި ކުށުގެ ޝިކާރައަަށްވި މީހާގެ ހައްގުތައް ހަމަކުރެވެންޖެހޭ ކަމަށެވެ.
އަދި މައްސަލައިގެ މައުޟޫއަށް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން ގާނޫނުއަސާސީގައި ބަޔާންވެގެންވާ ހައްގުތަކަށް އެއްވެސް އަސަރެއް ނުކުރާނޭ މޭރުމަކުމް ގާނޫނުއަސާސީގެ އެންމެހައި ހަމަތާކާއި ގާނޫނާއި އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ކޯޓުތަކަށް މަތިކޮށްފައިވާ ކަމަށް އަމުރުގައި ގާޒީ ވިދާޅުވެފަައިވެ އެވެ. 
ގަޒުފުގެ ތުހުމަތުގައި ފިޔާޒާއި ހަސަން ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް، އެ ދެ ބޭފުޅުން ވެސް ތަހުގީގު މަރުހަލާގައި ހިޔާރު ކުރެއްވީ ހަނު ހުންނެވުމަށެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ނޫސްވެރިން މަސްދަރު ހިމާޔަތް ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށާއި ނޫސްވެރިއެއްގެ ގޮތުގައި ހުރެ، މަސްދަރު ހާމަ ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ