ތަމަންނާ ކުޅޭ ބިރުވެރި ފިލްމުގެ ރޯލެއް އާޔުޝްއަށް

މީގެ އަހަރުތަކެއް ކުރިން ބާލާޖީ ޓެލެފިލްމްސްގެ ގޮފި އޭއެލްޓީ ބާލާޖީއިން ގެނެސްދިން ބިރުވެރި ފިލްމު "ރާގިނީ އެމްއެމްއެސް"ގެ ތިން ވަނަ ފިލްމުގެ ރޯލަކަށް އެކްޓަރު އާޔޫޝް ޝަރްމާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ބަތަލާ ތަމަންނާ ބާޓިއާ ލީޑް ރޯލްއިން ފެންނާނެ މި ފިލްމަކީ އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ޝަޝަންކާ ގޯޝް ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އާޔޫޝްގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލްއިން ޒުވާން އެކްޓަރު ޖުނައިދު ޚާން އަދި ބަތަލާ ނަރުގިސް ފަހްރީ ވެސް ފެންނާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ފިލްމު "ރާގިނީ އެމްއެމްއެސް 3"ގައި އާޔޫޝް ފެންނާނީ ބަތަލާ ތަމަންނާގެ ލޯބިވެރިޔާގެ ރޯލްއިންނެވެ. އަދި ނަރުގިސް ފިލްމުގައި ކުޅެން ހަމަޖެހިފައި ވަނީ ފުލުސް އޮފިސަރެއްގެ ރޯލް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ބަތަލާ ތަމަންނާ އަދި އާޔުޝް--ފޮޓޯ/ބޮލީވުޑްހަންގާމާ މި ފިލްމު މިދިޔަ އަހަރު އިއުލާނުކުރި ނަމަވެސް ފިލްމުގެ މަސައްކަތް ނުފެށި ލަސްވީ ކުރިން ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި ހަމަޖެއްސި ސާހިރު ރަޒާ ކުއްލިގޮތަކަށް ފިލްމުން ވަކިވުމުންނެވެ. ފިލްމު ފިލްމު "ރާގިނީ އެމްއެމްއެސް 3"ގެ މަސައްކަތް ފަށަން ކުރިން ނިންމީ މި އަހަރުގެ ޖަނަވަރީ މަހު ކަމަށްވިޔަސް މިހާރު ފިލްމުގެ މަސައްކަތް މި މަހުގެ ޖުލައި މަހު ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާންގެ ޅިޔަނު އާޔުޝް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2024 ވަނަ އަހަރުއެވެ. އެ އަހަރު ގެނެސްދިން ވަރުގަދަ އެކްޝަން ތުރިލާ "ރުސްލާން" އަކީ އާޔުޝްގެ ކެރިއަރުގެ ތިން ވަނަ ފިލްމެވެ. އޭގެފަހުން އާޔުޝް "ކްވާތާ"ގެ ނަމުގައި އުފައްދާ ފިލްމެއް އިއުލާނުކުރި ނަމަވެސް އެ ފިލްމުގެ މަސައްކަތް ފެށިކަމެއް ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ