ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މާލެ ގެނެސްޑޮކްޓަރަށް ދައްކައިފިއެވެ.
އިލްހާމް އަހުމަދުގެ އަނބިކަނބަލުން އައިމިނަތު މާޝާ ވިދާޅުވީ އިލްހާމު ޑޮކްޓަރަށް ދައްކަން މާލެ ގެނެސް މިއަދު ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.
އިލްހާމް ޑޮކްޓަރަށް ދައްކަން ގެނައީ މިއަދު ފަތިސް ނަމާދަށް ހޭލާ ވުލޫ ކުރަން އުޅުމުގެ ތެރޭން ކައްސާލައިގެން ވެއްޓިގެން ކަމަށް މާޝާ ވިދާޅުވިއެވެ.
އަދި ޑޮކްޓަރަށް ދެއްކުމުން އަތުގެ އެކްސް ރޭ އެއް ނަގާފައި ވާ ކަމަށް މާޝާ ވިދާޅުވިއެވެ.
މާޝާ ވިދާޅުވީ އެކްސްރޭ ބެއްލެވުމަށް ފަހު އިލްހާމުގެ ކަނާއަތުގެ ޓިޝޫ ތަކަށް އަނިޔާ ލިބިފައިވާ ކަމަށް ޑަކްޓަރު ވިދާޅުވި ކަމަށެވެ.
އަދި ތިން ދުވަސް ފަހުން އަލުން ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށް މާޝާ ވިދާޅުވިއެވެ.
އިލްހާމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށްފަހު އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އަމުރުކޮށްފައިއެވެ.
އިލްހާމް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އޭނާ ހޯދަން އިއުލާނުކުރުމާ ގުޅިގެން ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުވުމުނނެވެ.
އިލްހާމް ޖަލުގައި ހުންނަވާތާ މިހާރު 7 މަސް ވެފައިވާއިރު، އެއްވެސް ކުށެއްނެތި އިލްހާމު ޖަލުގައި ހުންނެވުމަކީ އާއިލާއަށާއި ދަރިންނަށްވެސް ލިބޭ ވަރަށް ބޮޑު ހިތާމަ އެއް ކަމަށް އިލްހާމްގެ އަނބިކަނބަލުން މާޝާ ވިދާޅުވިއެވެ.
ހިއްދަތިކަމުގައި ދުވަސްތައް ހޭދަ ކުރެއްވި ނަމަވެސް މިހާރު އެހިއްދަތިކަމުން ހިއްވަރު ލިބި މިއަނިޔާވެރިކަމާ ދެކޮޅަށް ހުންނެވި ކަމަށް މާޝާ ވިދާޅުވިއެވެ.
އަދި މި އަނިޔާވެރި ކަމުން ވަރަށް އަވަހަށް ދިވެހި ރައްޔިތުން ސަލާމަތްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މާޝާ ވިދާޅުވިއެވެ.
މެމްބަރު އިލްހާމް މިއަދު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ