އެމްއައިބީން "މއ. ކުދިމަގޫގެ" 12 މިލިއަން ރުފިޔާއަށް ނީލަމުގައި ވިއްކާލަނީ
މއ. ކުދިމަގޫގެ 12 މިލިއަން ރުފިޔާއަށް ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީއިން އިއުލާންކޮށްފިއެވެ. އެމްއައިބީއިން ބުނީ ބިމުގެ ޑިމާންޑް އިންތިހާއަށް ބޮޑު، މާލޭގައި އޮންނަ "މއ. ކުދިމަގޫގެ" އަކީ 830 އަކަފޫޓުގެ ބިމެއް ކަމަށެވެ. އެމްއައިބީން ބުނީ އެ ގެ ވިއްކަން ނީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ ތިނެއްވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ކަމަށެވެ. ނީލަން ފެށުމަށް ހުށަހެޅޭ އެންމެ ދަށް އަގު ކަމުގައި އެމްއައިބީގެ އިއުލާނުގައި ބުނެފައި ވަނީ 12,150,000.00 ރުފިޔާއެވެ. އެމްއައިބީއިން ވަނީ ނީލަމުގެ ސުންގަޑި ހަމަވާ ވަގުތާއި ހަމައަށް ނީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ވަގުތު އެތަނުގައި ތިބޭ ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި ނީލަމުގެ އެންމެ މަތީ އަގު އިއުލާން ކުރެވޭނެކަމަށް ވެސް ބުނެފައެވެ. އަދި އެ ބޭންކުން ވަނީ ނީލަން ފަށާ އަގު އިއުލާން ކުރުމަށްފަހު އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކަށް ނީލަން ފެށޭ އަގަށް ވުރެން ބޮޑު އަގެއް ހުށަހެޅުމަށް މަދުވެގެން ފަސް ލައްކަ ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައެވެ. މި ނީލަމުގައި ބައިވެރިވުމަށް އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭއިރު، ބިޑު ސެކުރިޓީގެ ނަމޫނާ މޯލްޑިވްސް އިސްލާމިކް ބޭންކްގެ ވެބްސައިޓްއިން ލިބެން ހުންނާނެ ކަަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އެ ބޭންކުން ވަނީ އީމެއިލް މެދުވެރިކޮށް މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ