ފުލުހުންގެ ޚިދުމަތަކީ އެންމެންނަށް އުފާވެރިކަން ލިބޭ ޚިދުމަތެއް: ގާސިމް

ދިވެހި ފުލުހުންގެ ޚިދުމަތަކީ ޑިމޮކްރަޓިކް ވެއްޓެއްގައިދެވޭ ރައްޔިތުންގެ ޚިދުމަތެއްކަމުގައިވެއްޖެނަމަ އެންމެންނަށް އުފާވެރިކަން ލިބިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް 86 އަހަރު ފުރުމުގެ މުނާސަބަތުގައި ދިވެހި ފުލުހުންނަށް ތަހުނިއްޔާ ފޮނުއްވަމުންނެވެ.
ގާސިމް ވިދާޅުވީ ދިވެހިރާއްޖޭގެ އަމަންއަމާންކަން ބެލެހެއްޓުމުގެ މަތިވެރި ވާޖިބު، ދިވެހި ފުލުހުން އަދާކުރަމުންދަނީ ޑިމޮކްރަޓިކް ވެއްޓެއްގައި، ރައްޔިތުންގެ ޚިދުމަތެއްގެ ގޮތުގައިކަމުގައިވެއްޖެނަމަ އެންމެންނަށް އުފާވެރިކަން ލިބިގެންދާނެކަމަށެވެ.
ކުރިން ފުލުހުންގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހޯމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ގާސިމް އިބްރާހިމް ވަނީ ފުލުހުންގެ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ހުރިހާ ފުލުހުންނާއި، އާއިލާތަކަށް ފޮނުއްވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ