ޖިންސީ ގޯނާކުރާ މީހުން ދޫކޮށްލުމަކީ އައު އާންމު ހާލަތު ހެއްޔެވެ؟: ޣައްސާނު މައުމޫނު

ޖިންސީ ގޯނާކުރާ މީހުން "ހެކި ނެތް ކަމުގައި" ބުނެ ދޫކޮށްލުމަކީ އައު ޢާންމު ޙާލަތުތޯ ޕީޕީއެމްގެ ނައިބުލީޑަރު އަދި ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ. ޣައްސާން މިފަދައިން ވިދާޅުވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގައި ތުހުމަތުވާ ދެމީހަކު ފުލުހުން ދޫކޮށްލުމާ ގުޅިގެންނެވެ. ފުލުހުން ބުނި ގޮތުގައި މިދެމީހުން ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. ނަމަވެސް ތަޙުޤީޤުގެ މުއްދަތަށް އެމީހުން ހައްޔަރުކޮށް ބަންދުކުރުމަށް އެކަށީގެންވާ ސަބަބެއް ނެތުމުން އެދެ މީހުން ދޫކޮށްލީ ކަމުގައި ފުލުހުން މަޢުލޫމާތު ދިނެވެ. Protecting victims' rights is not optional. It is a responsibility of all stakeholders - government, investigating authorities, rights institutions and the judiciary. @PoliceMv @MoGFSSmv @judiciarymv https://t.co/I0PqnQgVuc— Mohamed Ghassan Maumoon (@mgmaumoon) June 27, 2020މިކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖިންސީ ކުށްތަކަށް އަރައިގަންނަ މީހުންނަކީ އެންމެ ނުބައި މުޖުރިމުން ކަމުގައެވެ. އަދި ޤާނޫނުލް ޢުޤޫބާތުގައި އެފަދަ ފަރާތްތަކަށް ދިނުމަށް ކަނޑައަޅާފައިވާ ހަރުކަށި ޢުޤޫބާތް ދިނުމުގައި އެއްވެސް ފަރާތަކަށް ތަފާތުކޮށްގެން ނުވާނެ ކަމުގައާއި ބިރުގެ ސަބަބުން ނުވަތަ ހެޔޮ ގޮތެއް އެދިގެން އެފަދަ މީހަކަށް ޢުޤޫބާތް ނުދީ ދޫކޮށްގެން ނުވާނެ ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ. އަދި މިފަދަ ކުށްތަކުގެ ޝިކާރައަކަށްވާ މީހުންގެ ޙައްޤުތައް ހިމާޔަތްކުރުމުމަކީ އެއީ އިޚުތިޔާރީ ކަމެއް ނޫން ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ. އަދި އެއީ މިކަމާ ބެހޭ ހުރިހާ ފަރާތެއްގެ ޒިންމާއެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރާއި ތަޙުޤީޤީ އިދާރާތަކާއި ޙައްޤުތައް ހިމާޔަތްކުރާ މުއައްސަސާތަކާއި ޝަރުޢީ ދާއިރާއިން އެޒިންމާ އުފުލަންވާނެ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ