ކުރިޔެކޭ އެއްގޮތަށް މިހާރު އޭޓީއެމްއިން ފައިސާ ލިބޭނީ ކާޑު ނެގުމުން

ބީއެމްއެލްގެ އެޓީއެމް މެޝިންތަކުގައި ކާޑު ބޭނުންކުރަމުން އައި ގޮތް އަނެއްކާވެސް ބަދަލުކޮށްފިއެވެ.
ބީއެމްއެލުން ބުނީ މިހާރު ކުރިން ޓްރާންސެކްޝަން ނިމެންދެން މެޝިނުގައި ކާޑު ބާއްވަންޖެހުނަސް، އެ ގޮތް ބަދަލުކޮށްފައިވާ ކަމަށާއި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގޭނީ މެޝިނުން ކާޑު ނެގުމުން ކަމަށެވެ.
ބީއެމްއެލުން ބުނީ ކުރިން އޮތް ގޮތަށް ބަދަލު ކުރަން ނިންމާފައިވަނީ ކަސްޓަމަރުންނަށް ހަނދާން ނެތި މެޝިނުގައި ކާޑު ބާއްވާފައި ދެވުން އިތުރުވުމުން، އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.
ބީއެމްއެލުން މި ބަދަލު ގެނެސްފައިވާއިރު ބޭންކުން ދާދި ފަހުން ވަނީ އޭޓީއެމް މެދުވެރިކޮށް ނަގުދު ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކޮށްފައެވެ. އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށާއި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ ކަަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ