އަތޮޅުތެރޭގެ ސިއްޚީ ހިދުމަތްދޭ ތަންތަނުގެ ހާލަތު ގާތުން ބެއްލެވުމައްޓަކައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމް ށ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.
ށ އަތޮޅުގެ 7 ރަށަކަށް އެމަނިކުފާނު ފެއްޓެވި މި ދަތުރުފުޅުގައި، އެންމެ ފުރަތަމަ ވަޑައިގަތީ ށ. ނަރުދޫ އަށެވެ. އަދި އެޔަށް ފަހު އެ އަތޮޅު މިލަންދުއަށް ވަޑައިގެން އެރަށުގެ ހެލްތުސެންޓަރުގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވައިވައިވެއެވެ.
އެގޮތުން މިލަންދޫ ހޮސްޕިޓަލަށް އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، މިލަންދޫގައި އަލަށް ހުޅުވިގެން މިދިޔަ އިމާރާތާއެކު އިތުރު ޚިދުމަތްތަކެއްވެސް ލިބިގެން ދާނެކަމަށެވެ. އެގޮތުން އަންހެނުންގެ ޑޮކްޓަރުގެ ހިދުމަތާއި ކުޑަކުދިންގެ ޑޮކްޓަރުގެ ހިދުމަތް މިހާރު ލިބޭނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިހާރު ރާއްޖޭގެ ސިއްޚީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ޑޮކްޓަރުން ލިބުމުގެ ދަތިކަން ކަމަށާޢި، އެކަމަށް ހައްލެއް ގެނައުމަށް ސައރުކާރުން މެޑިކަލް ކޮލެޖު ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރ ނާޒިމް ށ.އަތޮޅުގެ 7 ރަށަކަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކޮމަންޑޫއަށް ވަޑައިގެން އެރަށުގެ ސިއްޚީ މަރުކަޒުގެ އާ އިމާރާތްވެސް ހުޅުވައިދެއްވުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
ސިއްޙީ ދާއިރާގެ ކަންކަން ބެއްލެވުމަށްޓަކައި ހެލްތުމިނިސްޓަރ ށ.އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ