ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ވަކި ބޭފުޅަކު ގެނައުމަށް ނުވަތަ ވަކި ބޭފުޅަކު ނުގެނައުމަށް ރައީސުލް ޖުމްހޫރިއްޔާ އަށް ދެންނެވުމުގެ އިހްތިޔާރު ގާނޫނުއަސާސީން ލިބިދީފައިނުވާ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އޮމާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި "ހަވީރު"ން ކުރި ސުވާލަކަށް މައުމޫނު ވިދާޅުވީ ވަކި ބޭފުޅަކަށް ނައިބު ރައީސްކަން ނުދިނުމަށް ރައީސް ޔާމީނަށް އެ މަނިކުފާނު ދަންނަވާފައި ނުވާނެ ކަމަށެވެ. "އަޅުގަނޑަކީ ވަރަށް ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިތާ، ހަމަ ހުރިހާ ގާނޫނުތަކަށް ބޯލަނބާ މީހަކަށްވާތީ އަޅުގަނޑު ނުދަންނަވަން ނައިބު ރައީސްކަން ވަކި ބޭފުޅަކަށް ދެއްވާށޭ ނުވަތަ ނުދެއްވާށޭ،" މައުމޫނު ވިދާޅުވި އެވެ.މިހާރުގެ ނައިބު ރައީސް ޑރ، މުހައްމަދު ޖަމީލް އަހްމަދު ވަކިކުރުމަށް ފަހު އެ މަގާމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ހަމަޖެއްސެވުމަށް ފެނިވަޑައި ނުގަންނަވާ ކަމަށް މައުމޫން، ރައީސް ޔާމީނަށް ދެންނެވި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރަކު ހަވީރަ"ށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.އަޅުގަނޑަކީ ވަރަށް ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިތާ، ހަމަ ހުރިހާ ގާނޫނުތަކަށް ބޯލަނބާ މީހަކަށްވާތީ އަޅުގަނޑު ނުދަންނަވަން ނައިބު ރައީސްކަން ވަކި ބޭފުޅަކަށް ދެއްވާށޭ ނުވަތަ ނުދެއްވާށޭ.-- މައުމޫންނައިބު ރައީސް ޖަމީލަށް އިތުބާރު ނެތް ކަމަށް ފާސްކުރުމަށް، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން އިސް ނަގައިގެން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ ތާއީދާ އެކު މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅޭ ގޮތުން މަޖިލީހުން ދީފައިވާ 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ.އެ މައްސަލަ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރުމުގެ މަރުހަލާގައި އޮތް އިރު، ޕީޕީއެމްގެ އިތުރުން މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ގެންދަވަނީ ނައިބު ރައީސްގެ މަގާމަށް އަދީބު ގެންނަވަން ބޭނުންވާ ކަމަށް ފާޅުގައި ވިދާޅުވަމުންނެވެ.އޮމާނަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން މައުމޫން ވިދާޅުވީ އޮމާންގެ
ރަސްގެފާނަށް ރައީސް ޔާމީންގެ ސިޓީފުޅެއް އަރުވާފައިވާ ކަމަށެވެ. ނަމަވެސް
އޭގެ ތަފްސީލެއް ނުދެއްވަ އެވެ. މައުމޫނު ވިދާޅުވި ގޮތުގައި އެ ގައުމުގެ
އިންވެސްޓަރުން ރާއްޖެ ގެނައުމަށާއި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ
ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.އަދި
އޮމާންގެ ވަފުދެއް ވަރަށް އަވަހަށް ރާއްޖެ އައިސް ރާއްޖޭގައި އިންވެސްޓް
ކުރެވިދާނެ ދާއިރާތައް ބަލާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސަށް ވަކި މީހަކު ނުގެންނާކަށް ނުބުނެވޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ