ގާސިމް އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ދައުވާ އުފުލާފައިވާ ގާސިމް މިއަދު ހަވީރު 4:00 އަށް ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަން އޭނާ ވަކީލުންގެ ޓީމުން ކަށަވަރުކޮށް ދިނެވެ. އެކަމަކު އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ތިން ދައުވާއެއް ގާސިމްގެ މައްޗަށް އުފުލައި، ޝަރީއަތް ފަށާފައި ވަނިކޮށް، ގާސިމްގެ ގެ މ. މާފަންނުވިލާ އާއި އޭނާގެ އޮފީސް ފުލުހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު އެއިން އެއްވެސް ތަނަކުން މައްސަލައާ ގުޅުންހުރި އެއްޗެއް ނުފެނެ އެވެ.
ގާސިމްގެ ޝަރީއަތް ފެށިފަހުން ހެކި ހޯދަން ފަށާފައިވާތީ އޭނާގެ ވަކީލުންގެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ގާސިމް ހައްޔަރުކޮށްފައި ވަނިކޮށް، އޭނާ ދޫކޮށްލީ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ކަނޑައަޅައި ހައި ކޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ